ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔަ ސަބަބު ސަރުކާރުން ސާފުކޮށްދޭން ޖެހޭ: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރުގެ އަގު ހަމަޔަކަށް އެޅިފައިވާކަމަށް ސަރުކާރުން ބުނަމުން ދަނިކޮށް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔަ ސަބަބު ސަރުކާރުން ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޝަމްހީދު ވިދާޅުވީ މަޖިލީހުގެ އެއްވެސް ހަރުދަނާ މަސައްކަތެއް ކުރިޔަށް ނުދާއިރު، ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގައި ހުށަހަޅާފައި ވަނީ އެއްވެސް މާނައެއް އޮއްޓަރެއް ނެތް ދެ ބިލު ކަމަށެވެ. އެގޮތުން ކޮޕީރައިޓްސް ގާނޫނެއް އޮއްވައި، ޓްރޭޑްމާކްގެ ބިލެއް ހުށަހެޅި އިރު ގާނޫނުތަކުގައި އެކި އިބާރާތްތައް ބޭނުން ކުރާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހަޅާ ބިލުތަކުގައި ވަކި ގޮތެއް ހިފެހެއްޓުމަށް ގޮވާލައި ޝަމްހީދު ވިދާޅުވީ، ގާނޫނުތައް އެކި ގޮތްގޮތަށް މާނަކޮށްގެން މަޖިލީހަށް ހުށަހަޅާއިރު ހަގީގީ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ކަޅު ބާޒާރުގައި އަގު ދުވަހަކު ވެސް މައްޗަށް ނުދާ މިންވަރަށް ގޮސްފައިވާކަން ސަރުކާރަށް އެނގޭތޯ ޝަމްހީދު ސުވާލު ކުރެއްވި އެވެ.

ޝަމްހީދު ވިދާޅުވީ ސަރުކާރަށް އާންމު ރައްޔިތުންގެ ކުންފުނިތަކުން ދޭ ވިޔަފާރި ހިދުމަތްތަކަށް ފައިސާ ނުލިބޭކަމަށެވެ. އަދި ދޮޅު އަހަރުވެގެން ދިޔައިރު ރަށްރަށުގައި ކުރިޔަށްދާނެކަމަށް ބުނި ތަރައްގީގެ އެއްވެސް އެއްވެސް ޕްރޮޖެކްޓެއް ކުރިޔަށް ނުދާކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މި ގައުމުގައި ދިމާވެގެން މިއަދު އުޅޭ އެއްވެސްކަމެއްގައި ސަރުކާރުން ބަހެއް ވިދާޅުވާތަނެއް ނީވޭ… އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ މައްސަލައަކީ ޑޮލަރުގެ މައްސަލަ.. އަޅުގަނޑުމެން މިއުޅެނީ ވިޔަފާރިތަކަށް ސަރުކާރަށް ހިދުމަތްދީފައި، ފައިސާ ނުލިބިގެން.. އަޅުގަނޑުމެން މިއުޅެނީ ތަރައްގީގެ މަޝްރޫއުތައް ހުރިހާ ރަށެއްގައި ހުއްޓިގެން..

ޝަމްހީދު ވިދާޅުވީ އިގްތިސާދީ ދަތިތަކާއި ކުރިމަތިވެ، ލޯނުތައް އަނބުރާ ދައްކަން ހުރި ނަމަވެސް ސަރުކާރުން ބޮޑެތި ރަސްމިއްޔާތުތައް ބާއްވައި އޭގެ ސައިޑް އިވެންޓުތަކަށް 200 މިލިއަން ރުފިޔާ ހަރަދު ކުރަމުންދާކަމަށެވެ. މިއީ ރައްޔިތުން ބޭނުންވާ ބޭސްފަރުވާ ނުލިބި ތިއްބައި ސަރުކާރުން ކުރަންޖެހޭ ހަރަދުތައްތޯ ސުވާލު އުފައްދައި ޝަމްހީދު ވިދާޅުވީ މިއީ އެއްވެސް ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ނިކުންނަ ނަތީޖާ ކަމަށެވެ.

ޑޮލަރު އަގު އުފުލިފައިވާ ސަބަބަކީ ކޮބައިކަން ސާފުކޮށް ދިނުމަށް، މަރުކަޒީ ބޭންކުގެ ގަވަނަރ މަސައްކަތް ނުކުރައްވަނީ ކީއްވެގެންތޯ ޝަމްހީދު ސުވާލު ކުރެއްވި އެވެ. އަދި ވިދާޅުވީ ޑޮލަރު މާރުކުރުމާއި ބެހޭ ގާނޫނެއް އަދި ގަވައިދެއް އޮވެމެ ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބޭ ސަބަބެއް ސާފު ނުވާކަމަށެވެ.

ޝަމްހީދު ވިދާޅުވީ ސަރުކާރު މިހާރަށްވުރެ ޒިންމާދާރުވާން ޖެހޭކަމަށާއި، ގައުމަށް ދިމާވެފައިވާ ކޮންމެކަމެއްގައި ވެސް ސައްހަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: