ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގަތްކަން ސާބިތުވެއްޖެ

ރައީސް ޑރ މުހައްމަދު މުއިއްޒާއި އަންބިކަނބަލުން ސާޖިދާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅަކަށް ނިސްބަތްކޮށް އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އުފުލި އަބުރުގެ ދައުވާ ސާބިތުވާކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

ވޭޕް މަނާކުރުމާއި ރައީސްގެ ބޭފުޅަކާ ގުޅުވައި އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާގެ އިތުރުން އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ވެސް ފަސްޓް ލޭޑީ ސާޖިދާ ވަނީ އަބުރުގެ ދައުވާ ކުރައްވައިފައެވެ.

ސާޖިދާ ކުރައްވާ ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ޖަވާބު ހުށަހަޅާފައެއް ނުވެއެވެ. އަދި އޭގެ ފަހުން ޖަވާބު ހުށަހެޅި ނަމަވެސް ސާޖިދާގެ ވަކީލު އެދިވަޑައިގެންނެވީ މުއްދަތު ހަމަވި ފަހުން ޖަވާބު ހުށަހެޅުމުން، ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށެވެ.

މި މައްސަލައިގައި ޣައިރު ހާޒިރުގައި ކުރި ޙުކުމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން، މަންދީ ދެއްކި ވާހަތަކުގެ ޒިންމާ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް އިސްމާއިލް ނަގަންޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި އެ ވާހަކަތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ފައްޔާޒް އިސްމާއިލްގެ މައްޗަށް އަމުރު ކޮށްދިނުމަށްވެސް އެދިފައިވާއިރު، ސިވިލް ކޯޓުން ނިންމީ އެގޮތަށް އެންގެން ނެތްކަމަށެވެ. އެގޮތުން އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީން ބުނާ ގޮތުގައި އަބުރާބެހުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު އޮންނަ ގޮތުން އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހެޅެނީ އަބުރަށް އުނިކަން އައި ފަރާތުންނެވެ. ނަމަވެސް މި މައްސަލަ ހުށަހެޅުއްވީ އުމައިރުގެ މަންމާފުޅު ސާޖިދާކަން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ސިވިލް ކޯޓުން ނިންމީ ކުޑަކުއްޖެއްގެ އަބުރު ނަގައިލި ކަމަށް ބުނާ މައްސަލަތަކުގައި ބެލެނިވެރިޔާއަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުގެ ކަރާމާތް ގެއްލޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން  ފެމިލީ ކޯޓަށްވެސް މައްސަލަތަކެއް ހުށަހެޅުއްވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: