ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަ: ފުލުހުން

ފުލުހުން މަގުތަކުގައި ހަރަކާތްތެރި ވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ވައްކަމުގެ 1700 އަށްވުރެ ގިނަ މައްސަލަ ހުށައެޅިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުންގެ މުއައްސަސާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމާއި ގުޅުންހުރި 1734 މައްސަލައެއް ހުށައެޅިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކެވެ. މިގޮތުން ހުށައެޅިފައިވާ 1642 މައްސަލައެއްކަން ފެނިގެންދެއެވެ.

މަސްތުވާތަކެއްޗާއި ގުޅުންހުރި 1013  މައްސަލައެއް ފުލުހުންގެ ހިސާބުތަކުން ދައްކާއިރު މާރާމާރީ ހިންގައިގެން 327 މައްސަލަ އަދި މުދަލަށް ގެއްލުންދިނުމުގެ 311 މައްސަލައެއްވެސް ހިމެނެއެވެ. މުދާ ގެއްލިގެން ހުށައަޅާފައިވާ 508 މައްސަލައެއް ފާހަގަކުރެވިފައިވާކަމަށް މައުލޫމާތު ދީފައިވާއިރު ފޭރުމުގެ 132 މައްސަލައެއްވެސް މި މުއްދަތުގެ ތެރޭގައި ހުށައެޅިފައިވެއެވެ.

މި މުއްދަތުގައި ގެވެށި އަނިޔާގެ 171 މައްސަލައިގެ އިތުރުން ޖިންސީ ކުށްތަކުގެ 133 މައްސަލައެއްވެސް ހުށައެޅިފައިވެއެވެ. ޗެކު ބައުންސު ވުމުގެ 3 މައްސަލައާއި ހިޔާނާތްތެރިވުމުުގެ 196 މައްސަލައެއްވެސް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. އަދި ލިޔެކިއުން އޮޅުވާލުން ނުވަތަ ނަކަލުކުރުމުގެ 47 މައްސަލައެއްވެސް ރެކޯޑުކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: