ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރު މުއުތަސިމްގެ ރިޓަޔާމެންޓް ބަލައިގަންނަން ޖޭއެސްސީން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ރިޓަޔާމެންޓް ބަލައިގަންނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، 21 ޖުލައި 2025 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދިނުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ހަމަޖެހެންދެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރަނީ ފަނޑިޔާރު އަބްދުالله ހަމީދަށް ކަމާށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މުޢުތަޞިމް ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 09 އަހަރާއި 07 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު ހަމަޖެހެންދެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް 17 ޖުލައި 2025 ގައި ބޭއްވުނު ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: