ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ވާއު ކިޑްސްގެ ރަންގައި ބަވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ ’ބީއެމްއެލް ވާއު ކިޑްސް ރަން‘ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައި ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.

މި އަހަރުގެ ރޭހުގައި 2 އަހަރާއި 3 އަހަރުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ އެއް ކިލޯ މީޓަރަށެވެ. 4 އަހަރާއި 6 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާ އެކު ދުވާނީ ދެ ކިލޯ މީޓަރަށެވެ. ގުރޫޕާއި އަށް އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ދުވާނީވެސް ބެލެނިވެރިންނާ އެކުއެވެ.

މި ދުވުމުގައި 7 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު ހަމަޖެހިފައިވާއިރު ބޭނުންނަމަ ބެލެނިވެރިއަކާއެކުވެސް ދުވެވޭނެއެވެ. 10 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް 4 ކިލޯމީޓަރު ދުވުމުގެ ފުރުސަތު ލިބޭނެ އެވެ. 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ދުވުން ކުރިއަށް ދާނީ ޓައިމްކޮށްގެންނެވެ.

މި ރޭހުގައި ރަޖިސްޓްރި ވުމަށް ބީއެމްއެލްއިން އާއްމު ކޮށްފައިވާ ލިންކު މެދުވެރިކޮށް އޮންލައިން ފޯމު ފުރާލެވޭނެއެވެ. ބީއެމްއެލް ވާއު ކިޑްސް ރަން“ އަކީ މަޖާ ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ސްޓޭޝަންތަކާއެކު ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. މިއީ މި ދުވުން ބާއްވާ 10 ވަނަ އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: