ނ. މާފަރުގެ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް މިއަދު ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ކެބިނެޓު ބައެއް ވަޒީރުން އަދި ދައުލަތުގެ ބައެއް އިސް ބޭފުޅުން ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާފަރަށް ވަަޑައިގެންނެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާނެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާ ކުރެއްވުމަށް ރައީސް މުއިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ. އަދި އެމަނިކުފާނު މިދިޔަ ދުވަސްތަކުގައި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ބައެއް މަރުކަޒުތަކުގެ މަސައްކަތް ނިމިފައިވާތީ، އެތަން ހުޅުވައިދެއްވާފައި ވެއެވެ.
ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތއް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިު ކުރުމުގެ މަސައްކަތްތައް ދަނީ ކުރިޔަށެެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓުތައް ހުޅުވައި، ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.

