ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވައިފި

އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާނު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިއަދު ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފި އެވެ. އެމަނިކުފާނުގެ ރިޓަޔަމަންޓް ހުށަހެޅުއްވީ މިދިޔަ މެއި 8 ވަނަ ދުވަހު އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނިންމެވި ގޮތުގައި، އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ރިޓަޔަމަންޓް މިއަދުން ފެށިގެން ތަންފީޒުކުރެވޭނެ އެވެ. މި ނިންމެވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީގޮތުން ހަވާލުކުރެވިފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާ އެވެ.

ފަނޑިޔާރުންގެ ރިޓަޔަމަންޓް ގަވާއިދުގެ ދަށުން، އުއްތަމަ ފަނޑިޔާރު މުއުތަސިމްއަށް ގަނޑުކޮށް ލިބިވަޑައިގަންނަވާނީ 185,100 ރުފިޔާ އެވެ. މީގެ އިތުރުން، މަހުން މަހަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ތެރޭގައި އަސާސީ މުސާރައިގެ 1/40 އާއި ފަނޑިޔާރުކަން ކުރެއްވި މުއްދަތާ ގުނަކުރުމުން ޖެހޭ އަދަދެއްގެ ފައިސާ ހިމެނެ އެވެ.

ރިޓަޔަމަންޓް ޕެކޭޖުގެ ތެރޭގައި މެޑިކަލް އިންޝުއަރެންސްގެ ޚިދުމަތްވެސް ހިމެނޭ އެވެ. މި އިންޝުއަރެންސްގެ ދަށުން އެމަނިކުފާނުގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި، 18 އަހަރު ނުފުރޭ ދަރިންނަށްވެސް ސިއްހީ ފަރުވާ ލިބިވަޑައިގަންނަވާނެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުންނާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން އަހުމަދު މުއުތަސިމް އަދުނާން ކުރެއްވި ޚިދުމަތްތަކަށް ސުޕްރީމް ކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: