ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދު މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ފަހުގެ ވަސީލަތްތަކާއި އެކު ރަނގަޅު ރަންވޭއެއް ހަދައި، ނ. މާފަރުގެ އެއާޕޯޓަކީ އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުން ދަނީ ރައްޔިތުން ކައިރިއަށް ދަތުރުކޮށް، ވީހާވެސް ގާތުން ކަންބޮޑުވުންތައް އޮޅުންފިލުވުމަށެވެ. އަދި ދުވަސްތަކަށް ފަހު އަނެއްކާވެސް އަތޮޅުތަކަށް ދަތުރުފެއްޓެވީ، އެ އަމާޒާއި އެކުކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުން ބޭނުން ވަނީ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީވެގެން އައުންކަމާއި އެކު، އެކަމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެކަމަށް އެންމެ މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވީ، ރަންވޭގެ ފެންވަރު ރަނގަޅު ކުރުމެވެ.

އެއާޕޯޓު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމާއި އެކު. ދެން ގެންނަން ޖެހޭ އެހެނިހެން ބަދަލުތައް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ފަތުރުވެރިންނަށް މަޑުކުރެވޭނެ ހޮޓެލްއެއްގެ މުހިންމުކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރި ކުންފުނީގެ ހުށަހެޅުންތަކެއް ވެސް ހުރުމާއި އެކު، އެކަންކަން ވެސް ބަލަމުން ދާކަމަށެވެ.

ނ. އަތޮޅަކީ ފަތުރުވެރިކަން ރަނގަޅު ސަރަހައްދެއްކަމަށްވުމާއި އެކު، އެއާޕޯޓު ތަރައްގީ ކުރަން ޖެހޭނީ އެންމެ ފަހުގެ ވަސީލަތްތަކާއި އެކުކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ރަށުގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސްކޫލަށް ކްލާސްރޫމްތައް އިތުރު ކުރުމުގެ މަސައްކާއި ވޭރިއޭޝަން އިތުރު ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ބައެއް މަސައްކަތްތަކުގައި ލަސްތަކެއް ދިމާވީ ނަމަވެސް، ރަައީސް ދެއްވީ އެމަނިކުފާނު ވެފައިވާ ވައުދުތައް ތަންފީޒު ކުރައްވާނެކަމުގެ ޔަގީންކަމެވެ. އޭގެ ތެރޭގައި ރަށުގެ ޒުވާނުން ބޭނުންވާ ގޮތަށް ކުޅިވަރު ކުޅެވޭނެ މަގުފަހިވެގެން ދިއުން ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިތައް ކަމަށެވެ. އެހެންކަމުން ބޯހިޔާވަހިކަމުގެ ދަތިތައް ވެސް ހައްލު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: