ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިއުމާތުގެ ދައުރު 5 އަހަރަށް އިތުރުކުރަން މަޖިލީހުން ފާސްކޮށްފި

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ، ނިއުމަތު ޝަފީގު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރު 5 އަހަރުގެ ދައުރަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރުމަށްފަހު، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ނިޢުމާތުއާ އިންޓަވިއުކޮށް، އޭނާގެ މަގާމުގެ މުއްދަތު އިތުރުކުރުމަށް ފެންނަކަމަށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައެވެ.

ނިޢުމާތު ޝަފީގު މި މަގާމަށް ފުރަތަމަ އައްޔަންކުރެވުނީ 2020 ޖުލައި 23 ގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. އޭނާގެ ފުރަތަމަ ދައުރު ހަމަވާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރެވޭ މިންވަރު ދެނެގަތުން ހިމެނެއެވެ.

މީގެއިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް އިވެލުއޭޓްކުރުމާއި، އެފަރާތްތަކުގެ ޢަމަލުތައް ތަޙްޤީޤުކުރުމަކީވެސް މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަގާމަށް ކަނޑައެޅިފައިވާ މުސާރައަކީ 25,000 ރުފިޔާ ކަމަށްވާއިރު، 10,000 ރުފިޔާގެ އެލަވަންސްއެއް ލިބޭގޮތަށް ހަމަޖެހިފައިވެއެވެ. މިއާއެކު މަހެއްގެ މައްޗަށް ޖުމްލަ 35,000 ރުފިޔާ މި މަގާމަށް ކަނޑައެޅިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: