ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުތަކުގެ މަތީން ހަނދާނެއް ނުނެތޭ، ޕްރޮޖެކްޓުތައް ކުރިޔަށްދާނެކަމުގެ ޔަގީންކަން ދެން: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރަށެއްގައި ވެސް ވެފައިވާ ވައުދުތައް، އެއްވެސް ހުއްޓުމެއް ނައިސް ކުރިޔަށް ދާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށްދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ލަންދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރައްޔިތުންނަށްވީ އެންމެ ބޮޑު ވައުދަކީ އެންމެ ގާތުން ހިދުމަތް ދިނުން ކަމަށެވެ. އަދި ހާއްސަކޮށް ރައްޔިތުންގެ ގާތަށް ގޮސް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި މައްސަލަ ހައްލު ކުރާނެކަމަށް ވައުދުވެފައި ވަނީ ތަރައްގީ ގެނެސްދޭނެކަމުގެ ޔަގީންކަން ދިނުމާއި އެކުކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިޔަށް ދާނެކަމަށާއި، މިދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ސިޔާސަތުތައް ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށެވެ. އެގޮތުން ލަންދޫ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ރަށުގެ ހެލްތް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުންކަމަށްވުމާއި އެކު އެކަމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހޯދައިދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުގެ ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށުމާއި ގުޅޭގޮތުން ރައީސް ދެއްކެވީ، އައިސް ޕްލާންޓުގެ މަސައްކަތެވެ. އެ ޕްރޮޖެކްޓަށް ބޭނުންވާ އެކި ކަންކަން ހަމަޖެހިފައި ވާތީ އަހަރުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ. އެ ޕްރޮޖެކްޓު ލަސްވީ ބައެއް ހުއްދަތަކުގެ ސަބަބުން ނަމަވެސް، މިހާރު އެ މައްސަލަ ހައްލު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއުއާއި އެއްގޮތަށް، ރަށުގެ ފެނުގެ ނިޒާމު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ވީހާވެސް ގިނައިން ރައްޔިތުންގެ ގާތަށް ދިއުންކަމަށާއި، އަދި އެ ރަށަކަށް ދެން ކުރަައްވާ ދަތުރުފުޅެއްގައި އެ މަޝްރޫއުއެއް ނިމިފައި ހުންނަތަން ދެކެން ބޭނުންވާކަމަށް ރައީސް ވިދާޅުވި އެވެ،.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: