ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕޯޓްސް ފިޝިންގ ވެންޗަރތަކަށް އިންވެސްޓްކުރުން އިތުރުކުރުމަށް ޗައިނާއާއިއެކު މަޝްވަރާތަކެއް!

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރާއި ވަޒީރު ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ޗައިނާގެ ވައިސް ގަވަރުނަރު އޮފް ފުޖިއާން ޕްރޮވިންސް ވެއި ޝިއައޮކުއި އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ވުޒާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ފުޖިއަން ޕްރޮވިންސުން ޒިޔާރަތްކުރި ވަފުދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ބްލޫ އިކޮނޮމީގައި ރާއްޖެއާއި ޗައިނާގެ ގުޅުމާށް އަލިއާޅުއްވާލެއްވިއެވެ.

ސީ ކިއުކަމްބާ އެކްވާކަލްޗަރ ޕްރޮގްރާމާއި މޯލްޑިވްސް ރިސާޗްސެންޓަރަށް ފުޖިއަން ޕްރޮވިންސް އިން ވެދެއްވަމުން ގެންދާ ފަންނީ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާގެ އަމިއްލަ ފަރާތްތަކުން ރާއްޖޭގެ އެކްވާކަލްޗަރ ޑިވެލޮޕްމަންޓްގައި ވެދެއްވާ އެހީތެރިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މަސްވެރިކަމާއި އެކްވާކަލްޗަރގެ ފަންނީ ތަމްރީނުތައް އިތުރުކުރުމާއި ކޮލަބަރޭޓިވް މެރިޓައިމް ރިސާޗާއި، ރާއްޖޭގައި އެކްވާކަލްޗަރ އަދި ސްޕޯޓްސް ފިޝިންގ ވެންޗަރތަކަށް އިންވެސްޓްކުރުން އިތުރުކުރުމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: