ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލު ތަފާތު ވިސްނުމުގެ ބައެއްގެ ހިޔާލު އެބަޔަކަށް ދޫކޮށްލައި، ސަރުކާރުން ދާނީ ކުރިޔަށް: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލުތަފާތު ވިސްނުންތަކެއްގެ ސަބަބުން ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތަށް ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ބަޔަކު ހުރަސްއެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޑަފަރީއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ހުރިހާ ރަށަކަށް ވެސް ހަމަހަމަކަމާއި އެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ރައްޔިތުންގެ ގާތަށް ދަތުރުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހަން ބޭނުން ވަނީ ހައްލު ވީހާވެސް އަވަހަށް ގެނެސްދިނުމުގެ އުންމީދުގައިކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ވެސް ރައީސް ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓިއާއި ބައްދަލު ކުރައްވައި ރައްޔިތުންގެ ޝަކުވާތަކަކީ ކޮބައިތޯ ބައްލަވާލައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ކުޑަފަރީއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ޒަމާންތަކެއްވެ ދިގުލައިގެން ދިޔައިރު ވެސް މިކަމަށް އޮތީ އެދެވޭ ހައްލެއް ނުގެނެވިކަމަށެވެ. އެހެންކަމުން ރަށުގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ސަރުކާރުން އިސްކަން ދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ ރަށެއްގައި ވެސް އެއްބައިވަންތަކަން އޮތުމުގެ މުހިންމުކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ޒުވާނުން ވެސް އެންމެން އެއްވެ އެކުގައި ވަގުތު ހޭދަކޮށްލެވޭނެ ތަނެއް ބޭނުންވާކަމަށެވެ. އެގޮތުން ރަށުގެ ފިޓްނަސް ރިކްރިއޭޝަން ސެންޓަރެއް ގާއިމު ކުރުމަށްޓަކައި، ބިމެއް ހަމަޖެއްސުން ކައުންސިލުން ކުރާނެކަމުގެ އުންމީދު ކުރާކަމަށެވެ. އަދި އެކަމަށް ސަރުކާރުގެ ފަރާޠުން ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުގެ އިންޖީނުގެއާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެންމެ ބޮޑު އެއް މައްސަލައަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރީގައި އަޑުގަދަ އިންޖީނުގެތައް ހުރުންކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށްޓަކައި މިހާރު ވެސް އިންޖީނުގެ ހުރި ބިމުގައި އާތަނެއް ތަރައްގީ ކުރެވި، ބޭރަށް އަޑު ނީވޭނެ ގޮތަށް ޕްރޮޖެކްޓެއް ރާވައި ތަންފީޒު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރަށެއްގައި ތަންފީޒު ކުރުމަށް ބޭނުންވާކަމެއްގައި، ބޭނުންވާ އެއްބާރުލުން ކައުންސިލްތަކުން ނުލިބިދާކަމަށެވެ. އެހެން ނަމަވެސް އެކަން މާބޮޑު މައްސަލައަކަށް ހެދުމަށް ސަރުކާރުން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

އެބޭފުޅުންގެ ހިޔާލު، އެބޭފުޅުންނަށް ދޫކޮށްލާފައި އަޅުގަނޑު ދާނީ ކުރިޔަށް..

ކައުންސިލުން ބައެއް ފިއްތުންތައް ކުރިމަތި ކުރުވަނީ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރާއި މެދު ހިޔާލުތަފާތު ވިސްނުންތަކެއް ހުރުމުންނެވެ. އެހެން ނަމަވެސް ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތެއްގައި، އެ ރައްޔިތުންގެ ވޯޓާއި އެކު އިންތިހާބުކޮށްފައި ތިބޭ ބަޔަކު ހުރަސްއެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ރައީސް ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: