ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، މިނިސްޓަރ ޑރ. އަލީ ހައިދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް، ޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިފަހަރު ހުޅުވާލައިފައިވަނީ 500 ފުރުޞަތެވެ. ނަތީޖާއާއި ގުޅޭގޮތުން ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވަނީ މިއަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ފުރުސަތު ހުޅުވާލީ މިދިޔަ މާރިޗު މަހުގެ 29 ވަނަ ދުވަހުއޭޕްރީލްމަހުގެ 30 ވަނަ ދުވަހަށެވެ.

މިއަހަރު ސްޓޫޑެންޓް ލޯނަށް މުޅި ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައިވާކަމަށް ވުޒާރާގެ ފަރާތުން މައުލޫމާތުދީފައިވާއިރު، ޝަރުތު ހަމަވަނީ 806 ދަރިވަރުންނެވެ. މި ދަރިވަރުންގެ ތެރެއިން ލޯނަށް ހޮވޭ ދަރިވަރުންގެ ވަގުތީ ލިސްޓް މިހާރު އެ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. ލިސްޓް އެ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ، އެޕްލިކޭޝަންގެ ”ސްޓޭޓަސް“ ބަދަލުވެއްޖެނަމަ އެކަންވެސް މެސެޖަކުން ދަރިވަރުންނަށް އަންގަމުންދާނެކަމަށް ވުޒާރާއިން ބުންޏެވެ. ނުހޮވޭ ދަރިވަރުން ނުހޮވުނު ސަބަބުވެސް ވެބްސައިޓުން ބެލޭނެއެވެ.

މިކަމާއި ގުޅިގެން އިތުރު ސުވާލެއް އުފެދޭނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އެ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: