ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓުގެ މައްސަލަތައް ހައްލުނުވެ ހުރީ، މި ސަރުކާރުގެ ނާގާބިލުކަމުން: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓުގެ މައްސަލަތައް ހައްލުނުވެ ހުރީ، މި ސަރުކާރުގެ ނާގާބިލުކަމުންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ހިދުމަތަށް ބޮޑު އަގެއް ހޭދަކުރަން ޖެހިފައިވުމުން މިކަމާއިމެދު މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ދެނެގަތުމަށްޓަކައި ހުށައަޅާފައި އޮތް ގަރާރަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުރެވޭނީ ކީއްތޯ ބެލުން މުހިންމުކަމަށެވެ.

ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ޒިންމާއަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގެން ޖެހޭކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، އެއް ވަރަކަށް ހިދުމަތް ބޭނުންކުރާއިރު އަގަށް އަންނަ ބަދަލުތައް ދެނެގަތުމަކީ އެ އޮތޯރިޓީގެ ޒިންމާއެއްކަމަށެވެ. މި ގަރާރުގައި ހުރި މައްސަލަތަކަކީވެސް އެ އޮތޯރިޓީއިން ބަލަން ޖެހޭނެކަމެއްކަމަށެވެ.

ރައްޔިތުން ނިކަމެތި ވެދަނީ ކިތައްމެ ގިނަ ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނިގެން. މިއީ ހާއްސަކޮށް ރާއްޖޭގެ ކުދި ރަށް ރަށުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އޮތްކަމެއް އިއްޒަތްތެރި ރައީސް.

ނާޒިލް ވިދާޅުވިއެވެ.

ގޭގެއަށް ކަރަންޓު ގުޅައިދިނުމަށް ހަމަޖެހިފައި ހުންނަން ޖެހޭ ކަންކަން ނުކޮށް ހުންނާތީ، ގޭގެއަށް ބަދަލުވެ ދިރިއުޅުން ނުފެށިި އެތައް އާއިލާތަކެއް އެބަ ތިބިކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިލް ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ފާހަގަކުރައްވާފައެވެ. ސަރުކާރަށް 2 އަހަރުވާއިރު އަދިވެސް މި މައްސަލައަށް ހައްލު ގެނެވިފައިނުވާކަމަށާއި، މިއީ ސަރުކާރުގެ ނާގާބިލުކަންކަމަށް ނާޒިލް ވިދާޅުވިއެވެ. ކުރީ ސަރުކާރުގައި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުވެސް ދިޔައީ މި މައްސަލައަށް ހައްލު ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންކަމަށް ނާޒިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: