އައްޑޫސިޓީ މީދޫގައި “ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ“ ގެ ނަމުގައި ހިންގަމުންދާ ތަނެއްގައި ހަށިވިއްކާމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޖުލައި މަހުގެ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / އާބާދީމަންޒިލް، ނަވާލް ޙުސައިން (25އ) އާއި ޔޮންލައްޑާ ސުކްސުވަންގް، ތައިލޭންޑް (36އ) އެވެ.
މި މައްސަލައާއި ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.

