ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށުގައި ވިޔަފާރިތަކުން ކަރަންޓަށް ކުރާ ޚަރަދު މާ ބޮޑުކަމަށް ބުނެ މަޖިލީހަށް ގަރާރެއް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ފިޔަވައި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ފަންތީގެ ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބޮޑު އަގެއް ހޭދަކުރަން ޖެހިފައިވާ ކަމަށް ބުނެ، މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހޯދަން ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށައެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދުއެވެ.

މި ގަރާރުގައި ވަނީ ކަރަންޓާއި ފެން އެކަށީގެންވާ މިންވަރަށް ކޮންމެ ރަށެއްގައިވެސް ލިބެން ޖެހޭނެކަމަށާއި، އެއީ އަސާސީ ހައްގެއްކަމަށެވެ. ސްޓެލްކޯއާއި ފެނަކައިން ކަރަންޓުގެ ޚިދުމަތަށް ކަނޑައަޅާފައިވާ އަގުތަކާއި، އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ފެނުގެ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މާލެއަށް ކަނޑައަޅާފައިވާ އަގުތަކާއި މާލެ ފިޔަވައި ރަށްރަށަށް ކަނޑައަޅާފައިވާ އަގުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރިކަމަށް ޝަމްހީދު ހުށައެޅުއްވި ގަރާރުގައިވެއެވެ.

މާލޭގައި ފެނުގެ ޚިދުމަތް 3،187.84 ރުފިޔާއަށް ގުޅައިދޭއިރު، އަތޮޅުތަކުގައި ފެނުގެ ޚިދުމަތް ގުޅައިދެނީ 5،000 ރުފިޔާއަށްކަމަށް ޝަމްހީދު ވަނީ ފާހަގަކުރައްވާފައެވެ. އެއީ 57 އިންސައްތައިގެ ތަފާތެއްކަމަށާއި، ، މާލޭގައި 850 ރުފިޔާއަށް ފެން މީޓަރެއް ރީލޮކޭޓްކޮށްދޭއިރު، އަތޮޅުތަކުގައި ފެން މީޓަރެއް ރީލޮކޭޓްކޮށްދެނީ އެއަށް ވުރެ 159 ޕަސެންޓު އަގު ބޮޑުކޮށް 2،200 ރުފިޔާއަށްކަމަށްވެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ ދުވާލެއްގެ މައްޗަށް 201 ލީޓަރަށް ވުރެ އިތުރަށް މާލޭގައި ފެން ބޭނުންކޮށްފި ނަމަ 101.26 ރުފިޔާ، އަދި އަތޮޅުތަކުގައި ނަމަ 135 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، ގަޑިއިރަކަށް ކަރަންޓު ބޭނުންކުރާ މިންވަރު 301 ކިލޯވޮޓާއި 500 ކިލޯވޮޓާ ދެމެދު ހުންނަ ނަމަ، މާލޭގައި 3.65 ރުފިޔާ އަދި އަތޮޅުތަކުގައި ހަ ރުފިޔާ ދައްކަން ޖެހޭކަމަށެވެ.

ކަރަންޓާއި ފެނުގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތަކުގެ އަގު ކަނޑައެޅުމުގައި ތަފާތުކުރުންތައް ގެންގުޅުމުގެ ނަތީޖާއަކީ، އާންމު ވިޔަފާރިތަކަށާއި ކުދި ވިޔަފާރިތަކަށް، ޚާއްސަކޮށް ގެސްޓްހައުސް ފަދަ ވިޔަފާރިތަކަށް ކަރަންޓަށް ކުރަން ޖެހޭ ހޭދަ 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ އަދަދަކުން އިތުރުވުންކަމަށް ގަރާރުގައިވެއެވެ. އަދި ފެނުގެ ޚިދުމަތަށް މާލެ އާ ބަލާއިރު އަތޮޅުތަކުގައި 35 ޕަސެންޓު އިތުރުވުން ކަމަށް ގަރާރުގައިވެއެވެ.

ކޮމާޝަލް ރޭޓުތައް ކަނޑައެޅުމުގައި މާލެއަށް ކަނޑައަޅާފައިވާ ރޭޓުތަކާއި ރަށްރަށަށް ކަނޑައަޅާފައިވާ ރޭޓުތަކުގައި ބޮޑު ފަރަގެއް އޮތުމަކީ ގާނޫނުއަސާސީން ކަށަަވަރުކޮށްދީފައިވާ ތަފާތުނުކުރުމުގެ ހައްގަށް ތައާރުޒުވާ ކަމެއްކަމަށްވެސްވެއެވެ.

މިކަން މިގޮތަށް ކުރިއަށްދާ ނަމަ ކުދި ފަންތީގެ ވިޔަފާރިތަކާ މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށާއި މިހާރު ވެސް އިންތިހާއަށް ބަލިކަށިވެފައިވާ ރަށްފުށުގެ އިގުތިސާދުގެ ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތިވާނެ ކަމަށް ޝަމްހީދުގެ ގަރާރުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: