ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލަދޫ ރައްޔިތުންނަށް ރައީސް ދެއްވީ ރަށްގިރުމުގެ މައްސަލަ ހައްލު ކުރާނެކަމުގެ ޔަގީންކަން!

ނ. އަތޮޅަށް ރައސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މިލަދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސައްލަ ހައްލުކޮށް، ޝޯވ ޕްރޮޓެކްޝަންގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަވާލުވެ ކުރިޔަށް ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިލަދޫއަށް ވަޑައިގެން ރައީސް ވަނީ ރައްޔިތުންގެ ފަރާތުން ސަރުކާރުގެ އެކި މަސައްކަތްތަކަށް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ. މިލަދޫއަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް ދަތުރު ކުރެއްވި ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރިޔާސީ

އެންމެ ފަހުން ކުރެއްވި ދަތުރުގައި ރައްޔިތުންގެ ފަރާތުން ލިބުނު ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ މަސައްކަތްތައް ނިމި، ޕްރޮޖެކްޓުތައް ހަވާލުކޮށް ކުންފުނިތަކުން އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރަށުގެ ޝޯވ ޕްރޮޓެކްޝަން ނުވަތަ ގިރާ ސަަރަހައްދުގެ މަސައްކަތާއި، މަގު ހެދުމުގެ މަސައްކަތެވެ.

ރައީސް ވިދާޅުވި ގޮތުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް އަދި މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށެވެ. ގިރާ ސަހަރައްދުގެ މަސައްކަތް ކުރިޔަށް ގެންދާއިރު، އޭގެ ތެރެއިން ކުރިޔަށް ގެންދާނެ އެހެން ޕްރޮޖެކްޓެއްގެ ގޮތުގައި ރައީސް ވިދާޅުވީ ކަސްރަތުގެ ބޭނުމަށް ވެސް ފަސޭހަވާނެ ގޮތަށް މޫދަށް އެރެވޭ ގޮތް ހެދުމެވެ. މި މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުގެ އެހެން ބައެއް މަސައްކަތްތަކެއްގެ ގޮތުގައި ރައީސް ވިދާޅުވީ ހެލްތް ސެންޓަރުގެ ހިދުމަތް ދޭ ވަގުތު އިތުރު ކުރުމެވެ. އެގޮތަށް ބަދަލު ގެންނައިރު އިންސާނީ ވަސީލަތްތައް ވެސް ގާއިމުކޮށް ނަރުހުންނާއި މުވައްޒަފުން ހޯދަން ޖެހޭއިރު ހެލްތް މިނިސްޓްރީން އެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: