ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަން ކުރިއަރުވާ އެއްބާރުލުން ދެވިދާނެ ދާއިރާތަކާއިއެކު އދ އާއިއެކު މަޝްވަރާކޮށްފި

އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބާއި ވަޒީރު ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަދްނަން ޗީމާ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ދިޔައީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވުޒާރާއިން އިސްކަންދޭ ކަންތައްތަކާއި ދެމެހެއްޓެނިވި މަސްވެރިކަމަށް އެހީތެރިވުމުގައި މޯލްޑިވްސް މެރިން ރިސާޖްސެންޓަރުގެ މުހިން ދައުރަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުމުގައި މަސްވެރިކަން ކުރިއަރުވާ އެއްބާރުލުން ދެވިދާނެ ދާއިރާތަކާއި އެއްބާރުލުން ދިނުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅެގޮތުން މަޝްވަރާކުރެއްވި އެވެ.

މަސް ޕްރޮސެސިން ރަނގަޅުކުރުމުގެ ތެރެއިން ވެލިއު އެޑިޝަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ފައިނޭންސިން މެކޭނިޒަމްތައް ކުރިއެރުވުމާއި، ކުދި މަސް ޕްރޮސެސްކުރުމުގައި ބައިވެރިވާ އަންހެނުން ބާރުވެރިކުރުވުމާއި، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: