ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން އޮތީ ފަރުދާގެ ފަހަތުން ކުރެވުނު މަސައްކަތުގެ ނަތީޖާ ފެންނާނެ ދުވަސްތައް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ހަވާލުވެ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ މަސައްކަތުގެ އަމަލީ ނަތީޖާ ކުރިޔަށް އޮތް ދުވަސްތަކުގައި ފެންނަމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަގޫދޫއަށް ވަޑައިގެން ރައީސް ފާހަގަކުރެއްވީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރެވުނު މަސައްކަތެވެ. އެގޮތުން ވެރިކަމާއި ހަވާލުވެވަޑައިގެންބެވި އިރު ގައުމު އޮތް ހާލަތަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތައް ކުރަން ޖެހުނު ކަމަށެވެ.

ބައެއް ރަށްތަކުގެ މަޝްރޫއުތައް ހުއްޓިފައި ހުރުމާއި އެކު ސަރުކާރުން ސަމާލުކަމެއް ދިނީ، ޕްރޮޖެކްޓުތައް ކުރިޔަށްދާނެ މަގުފަހި ކުރުމަށްކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ މަޝްރޫއުތައް އެކި ކުންފުނިތަކާއި ހަވާލު ކުރެވި، މަސައްކަތް ކުރިޔަށްދާކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ.. އެކި މަޝްރޫއުތައް ހުއްޓިފައި ހުއްޓައި، އެ މަޝްރޫއުތައް ކުރިޔަށްދާނެ ގޮތް ހޯދައި އެކި އެކި ކުންފުނިތަކާއި ހަވާލުކޮށްފިން.. އަދި ދެން ހުރި އަލަށް ފަށަން ޖެހޭ މަސައްކަތް ކުރެވޭނެ މަގުމި ކޮށީ.. މިހާރު މިފެށެނީ އަމަލީ ގޮތުން މިކުރެވެނުނު މަސައްކަތުގެ ނަތީޖާ..

ރައީސް ވިދާޅުވީ އަލަށް ފަށަން ޖެހޭ، އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.

މީގެއިން ކޮންމެ މަސައްކަތެއް ރައީސް ފާހާގަކުރެއްވީ، ފަރުދާހުގެ ފަހަތުން ހިނގަމުން ދިޔަ މަސައްކަތްތަކެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ފެންނާނީ ތަރައްގީގެ ރޮނގުން ކުރިއެރުންތައް ހޯދަމުންދާ މަންޒަރު ކަމަށެވެ.

ރައީސް ވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރައްޔިތުންނަށްވީ ވައުދުތައް ހަނދާނަށް ގެންނަވައި، އެކަން ހަގީގަތަކަށް ހައްދަވާނެކަމުގެ ޔަގީންކަން ވެސް ރައްޔިތުންނަށް ދެއްވާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: