ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ނައިބު ރައީސްއާއި ބައްދަލުކުރައްވައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ސަޢުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަގްސާނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާގެ ދެމެދުގައި އޮތް ދުވަސްވީ އަދި އަޚުވަންތަ ގުޅުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދެއްވާ ދިލާތި އެހީތަކާއި އެއްބާރުލެއްވުމުގެ އަގު އިހްލާސްތެރިކަމާއެކު ވަޒަންކުރައްވާ ކަމުގައި ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި މުސްތަގުބަލުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އެންމެ ފުރަތަމަ ގާއިމުކުރެވުނީ 1981 ވަނަ އަހަރުގެ މާރިޗު 17 ވަނަ ދުވަހުއެވެ. މި 42 އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖޭގެ ތަރައްގީއަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދެއްވާފައިވާ އެހީތަކުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތަކާއި، އިސްލާމީ ދީނާ ގުޅުންހުރި ކަންކަމަށް ދެއްވާފައިވާ އެހީތަކާއި، އުމްރާނީ ތަރައްގީގެ ދާއިރާއިން ދެއްވާފައިވާ އެހީތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: