އެސްޑީއެފްސީ ގަތުމަށްޓަކައި ބީއެމްއެލްއިން ކުރަމުންދަނީ ގާނޫނާއި ހިލާފު މަސައްކަތްތެއްކަމަށް ކަނޑައަޅާފައިނުވާނެކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކާއިމެދު ސުވާލުތައް އުފައްދަމުންދާއިރު އެމްއެމްއޭއިންވަނީ ކަމުގެ ހަގީގަތް ހާމަކޮށް މައުލޫމާތު އާންމުކޮށްފައެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން އެސްޑީއެފްސީ ގަތުމަށްޓަކައި ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެހެންކަމުން އެކަން ކުރެވެމުންދަނީ ކަނޑައަޅާފައިވާ އާންމު އުސޫލުތަކާއި އެއްގޮތަށްކަން ބެލުމަށްޓަކައި މުއާމަލާތްތައް ހިންގުމަށް އަމަލުކުރަންޖެހޭ އިޖުރާއަތުތައް ބެންކުން ފުރިހަމަކޮށްފައިވޭތޯ ބަލާފައިވާނެކަމަށް ބުނެފައިވެއެވެ.
އެމްއެމްއޭއިންވަނީ އެސްޑީއެފްސީ ގަތުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ބެންކިންގް ގާނޫނާއި ހިލާފު މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައިނުވާނެކަން ފާހަގަކޮށްފައެވެ. އަދި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވިޔަފާރީގެ މި މުއާމަލާތުގެ ހުރިހާކަމެއްވެސް ކުރިއަށް ގެންދަނީ ގާނޫނުތަކާއި ގަވައިދުތައް އަދި އިޖުރާއަތްތަކާއި އެއްގޮތަށްކަން ޔަގީންކުރެވޭކަމަށް ހިއްސާކޮށްފައިވެއެވެ.

