ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު އައުމުން އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާނެކަމަށް ފެނޭ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތުމުގެ ސަބަބުން އެ ގައުމާއި ރާއްޖޭގެ ދެމެދު އޮންނަ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރާ މުނާސަބާގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގަތުމަށް ކަނޑައެޅިފައިވާކަމަށް އަލިއަޅުއްވައި ބޭރުގެ ނޫހަކަށް ދެއްކި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދެ ގައުމުގެ ދެމެދު ގުޅުން ވަރުގަދަވުމުން އެންމެނަށްވެސް އެކަމުގެ ފައިދާތައް ލިބިގެންދާނެކަމަށެވެ. އަދި މޯދީ ރާއްޖެއަށް ވަޑައިގަތުމުގެ ސަބަބުން އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށާއި ހަނިމާދޫގައި ބިނާކޮށްފައިވާ އެއަރޕޯޓު ނިމުމާއި ގާތުގައި އޮތްއިރު އެއީވެސް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގިފައިވާ މަޝްރޫޢުއެއްކަމަށް މައުލޫމާތު ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެތަނުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ދަތުރުކުރުމަށް ނަގާނީ ގަޑީރަކާއި ގާތް ވަގުތެއްކަމަށެވެ. އެހެންކަމުން ދެ ގައުމަށްވެސް އެކަމުން ބޮޑެތި ފައިދާތަކެއް ވެގެންދިއުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރައްވާކަމަށާއި އެތަން އޮޕަރޭޝަނަލް ހާލަތަށް އައުމާއިއެކު އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއަށް ދަތުރުކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށާއި ރާއްޖެއަށް އައުން ނުހުއްޓުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: