ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ފެށުނުއިރު އިގްތިސާދީ ބާރުވެރިކަން އޮތީ މަކުނު ވާފަށަކާއި އެއް މިންވަރަށް

މެމްބަރު އަބްދުއްސައްތާރު މުހައްމަދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު ރާއްޖޭގެ އިގްތިސާދީ ބާރުވެރިިކަން އޮތީ މަކުނު ވާފަށަކާ އެއް މިންވަރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުލް ސައްތާރު މުހައްމަދު

ރައީސް ޑރ މުއިއްޒު މިލަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އަބްދުލް ސައްތާރު ވިދާޅުވީ، ރައީސް ޑރ މުއިއްޒު ގެންދަވަނީ ރައްޔިތުންނާއި ގާތުން މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ. އަދި މިގޮތަށް ވިދާޅުވުމުން ވާދަވެރި ފަރާތްތަކުން އެކަމަށް އަމާޒުކުރާ ފާޑުކިޔުންތަކެއް ހުރިކަންވެސް އެނގިވަޑައިގަންނަވާކަމަށާއި އެހެންކަމުން އެ ވާހަކަތަކަށްވެސް ކޮންމެވެސް ވަރަކަށް އަލިއަޅުއްވާލާނެކަމަށެވެ.

މެމްބަރު ވިދާޅުވީ، މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށް އެމްޑީޕީން ބުނާކަމަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު ގައުމީ ލެވެލްއެއްގައި ހައްސާސް މައްސަލަތަކެއްގައި ރައީސް ޑރ މުއިއްޒު އެޅުއްވި ފަދަ ފިޔަވަޅުތަކެއް އެޅުއްވި އެއްވެސް ރައީސްއަކު މިހާތަނަށަް ފެނިފައިނުވާކަމަށާއި އޭގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމާއި ވޭޕު ހުއްޓުވާލުން ހިމެނޭކަމަށެވެ.

ސައްތާރު ވިދާޅުވީ، މި ވެރިކަން ފެށުނުއިރު އޮތް ދަރަނީގެ ވާހަކަތައް ދެއްކުމުން ވެރިކަމަށް އައީ ދަރަނިން ސަލާމަތްވާން ނޫންތޯ އެމްޑީޕީން ސުވާލުކުރާކަމަށެވެ. ނަމަވެސް އެ ވާހަކަތައް ދައްކަންޖެހޭ ސަބަބުތައް ހުރިކަމަށާއި މިހާ ހިސާބަށް އައިއިރު ދަރަންޏާއި ގައުމު ފާލުން ނައްޓާފައި އޮތް ހާލަތުން އަރައިގަތުމަށްޓަކައި ރައީސް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރަންޖެހޭކަމަށެވެ.

މެމްބަރު ވިދާޅުވީ، އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވިފައިވާކަމަށާއި އެމަނިކުފާނަށް ރާއްޖޭގެ ވެރިކަމާއި ހިސާބަށް ވާސިލުވެވުނުއިރު ރާއްޖޭގެ އިގްތިސާދުގައި ބާރުވެރިކަން އޮތީ މަކުނު ވާފަށަކާއި އެއް މިންވަރަށްކަމަށެވެ. އަދި ރާއްޖެ އޮތީ ބަނގުރޫޓުވުމާއި ގާތުގައިކަމަށާއި މިވާހަކަތައް ދައްކަވަނީ ކަންކަން ހުރި ހާލަތު އެނގިވަޑައިގަންނަވާ މީހެއްގެ ހައިސިއްޔަތުންކަމަށް ވިދާޅުވިއެވެ.

ކެމްޕެއިންގެ ތެރޭގައިވެސް މި ވާހަކަތައް ދެއްކެވިކަމަށް އިޝާރާތްކުރެއްވިއިރު އޭރު އޮތް ވެރިކަން ބަދަލުކުރީ ރައްޔިތުންނަށްވެސް މިކަންކަން ގަބޫލުކުރެވޭތީކަމަށް ވިދާޅުވިއެވެ. އަދި އެ ހަގީގަތް މިއަދުވެސް ރައްޔިތުން ގަބޫލުކުރާކަމަށާއި މިހާރު ސަރުކާރުން ރައީސްގެ އިރުޝާދުފުޅުގެ މަތިން ސޮއިކޮށް ބިންގާ އަޅައި ކުރަމުންދާ މަސައްކަތްތައް ނުފެށޭނެކަމަށް ބުނަމުންދާއިރު ކެބިނެޓުގައި ތިއްބެވި ބޭފުޅުންނަށް ބެލުމުންވެސް މަސައްކަތްތައް ކުރެވޭނެކަން އެނގިގެންދާކަމަށް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، މާމުއި ހަތަައެއް ހަދާލުމަކީ މާމުއި ކުޅަންދުރަކަށް މާ ބޮޑު ކަމެއް ނޫންކަން އެންމެނަށްވެސް އެނގޭނެކަމަށެވެ. ހަމަ އެ އުސޫލުން ރައީސްގެ ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންނަށް މިހާރު ހިންގުމަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓުތައް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާ ހަގީގަތަކަށް ހަދައިދިނުން ދަތިކަމަކަށް ވެގެން ނުދާނެކަން އެނގޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: