ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފްސީ ގަންނަނީ ގާނޫނުތަކާއި އެއްގޮތަށް: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް)، ދިވެހިންގެ ބޭންކް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޑީއެފްސީ ގަތުމަށްޓަކައި މުއާމަލާތްތައް ހިނގަމުންދަނީ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތަށްކަމަށް ބެންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މުއާމަލާތްތަކާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިރު އެމްއެމްއޭއިން ވަނީ މުއާމަލާތްތައް ސައްހަކަން ކަށަަވަރުކޮށްދީފައެވެ. ބެންކުންވެސްވަނި މި މުއާމަލާތްތަކާއި ގުޅޭގޮތުން މައުލޫމާތު އާންމުކޮށްފައެވެ. މިގޮތުން އެކަން ކުރެވެމުންދަނީ ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތުގެމަތިންކަނަށް ފާހަގަކޮށްފައިވާއިރު     ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ސަރުކާރުގައި އެދިފައިވާނެކަމަށް ހާމަކޮށްފައިވެއެވެ.

މި ހުށައެޅުމަށް ރިއާޔަތްކޮށް ވަޒީރުންގެ މަޖިލީހުންވަނީ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ނިންމާފައިކަމަށް ބުނެފައިވެއެވެ. އަދި އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހުގައިކަމަށް ބުނެފައިވެއެވެ. މިހާރު ބެންކުންވަނީ މި މަރުހަލާތައް ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ފަށާފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: