ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަކުން މަސައްކަތްކުރަންޖެހޭނީ ރައްޔިތުން އެދޭ ގޮތަށް: ރައީސް

ފަހި ފްލެޓްތައް ބައްލަވާ ލެއްވުމަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުތަކުން މަސައްކަތްކުރަންޖެހޭނީ ރައްޔިތުން އެދޭ ގޮތަށްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ ވެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެންމެ ދަތި އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބަނދަރުގެ މައްސަލަކަމަށެވެ. މިގޮތުން އެކަމާއި ގުޅޭ ޕެޓިޝަނެއް ލިބިވަޑައިގެންނެވިއިރު އޭގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާކަން ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ބަނދުރުގެ މައްސަލައިގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި އެކަމާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި އޮތް ކަންބޮޑުވުންތައްވެސް ޕެޓިޝަންގައި ބަޔާންކޮށްފައިވާކަމަށެވެ. މީގެ ކުރިން ބަދަރު ހެދިފައިވަނީ ކައުންސިލުގެ ފަރާތުން ލިބުނު މަޝްވަރާތަކާއި އެއްގޮތަށްކަމަށް މައުލޫމާތު ދެއްވިއިރު އެއީ އަބަދުވެސް އެކަން ކުރެވެމުން އައިސްފައިވާގޮތްކަމަށް ވިދާޅުވިއެވެ.

ނަމަވެސް ދުވަސްތަކެއް ފަހުން ރައްޔިތުންގެ ފަރާތުން ބަދަލުތައް ގެނައުމަށް އެދުނު ފުރުސަތުތައް އައިސްފައިވާކަމަށާއި އެހެންކަމުން ނެރު އޮތް ތަން ބަދަލުކޮށް ނެރު ފައިކަށި ދިގުކުރުންފަދަ ބަދަލުތައް ގެނެސްފައިވާނެކަމަށެވެ. ރައީސް ވިދާޅުވީ، ސަރުކާރުތަކުން މަސައްކަތްކުރަންޖެހޭނީ ރައްޔިތުން އެދޭ ގޮތެއްގެމަތިންކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި މިހާރު ވެލިދޫގެ ބަނދަރަށް ބަދަލުތަކެއް ގެނައުމުގެ މަރުހަލާ ޖެހިފައިވާކަމަށާއި ލިބިވަޑައިގެންނެވި ޕެޓިޝަން ތަފްސީލުކޮށް ބެއްލެވުމަށްފަހު ކަމާއި ބެހޭ ވުޒާރާތަކާއި ހަވާލުކޮށް ރައްޔިތުން އެދޭ ބަދަލުތައް ގެނައުމަށްޓަކައި ފަންނީ ލެވެލްއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްގެން އެތަނުގެ އުފާވެރިކަން ނުވަތަ ބޭނުންތެރިކަން އެންމެ ފުރިހަމައަށް ލިބޭނެ ގޮތް ހެދުމަށްޓަކައި މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ.

މިކަމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ތާވަލެއް އެކުލަވާލުމުގެ ގޮތުން މި އަހަރުގެ ބަޖެޓުގެ ތެރެއިން އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ފަހިކުރަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި އެންމެ އަވަހަކަށް އެކަން ކުރެވޭނެ މަގެއް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށާއި ނަމަވެސް އެއްވެސް ސަބަބަކާއި ގުޅިގެން މި އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖާގަ ނުލިބިއްޖެ ހާލަތެއްގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޖެނުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ފައްޓަވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: