ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއަށް މަހެއްގެ މައްޗަށް ސަބްސިޑީގެ ގޮތުގައި 55 މިލިއަން ދޭންޖެހޭ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއަށް ސަބްސިޑީގެ ގޮތުގައި ކޮންމެ މަހެއްގެ މައްޗަށް ސަރުކާރުން 55 މިލިއަން ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރު ނާޒިމް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތްތަކަކީވެސް ވިޔަފާރީގެ ގޮތުގައި ބަލަންޖެހޭ ކަންކަމުގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. ނަމަވެސް އެއީ އަސާސީ ހިދުމަތެއްގެ ގޮތުގައި މިހާރުގެ ސަރުކާރުންވެސް ވަރަށް ބޮޑަށް ސަބްސިޑައިޒްކޮށްގެން ދެއްވަމުންދާ ހިދުމަތެއްކަމަށެވެ. އަދި މިހާރުވެސް ކޮންމެ މަހެއްގައި ސަރުކާރުން އެސްޓީއޯއަށް ސަބްސިޑީގެ ގޮތުގައި 55 މިލިއަން ރުފިޔާ ދައްކާކަމަށް ހިއްސާކުރެއްވިއެވެ،

ނާޒިމް ވިދާޅުވީ، އެސްޓީއޯއިން ފެނަކައާއި ސްޓެލްކޯއަށް ވިއްކާ ތެޔޮ ލީޓަރަކަށް ބިލުކުރަނީ 7.50 ރުފިޔާގެ ރޭޓުންކަމަށާއި ހަގިގީ ރޭޓަކީ 9.7 ރުފިޔާކަމަށެވެ. އެހެންކަމުން އެ ތަފާތަށްވާ ފައިސާ ކޮންމެ މަހަކުވެސް ސަރުކާރުން އެސްޓީއޯއަށް ދައްކާކަމަށާއި ދެކެވެމުންދަނީ ޓާގެޓް ސަބްސިޑީގެ ވާހަކަތައްކަމަށް ފާހަގަކުރެއްވިއެވެ. މިކަންކަމާއި ގުޅިގެން މަޖިލީހަށް ގަރާރެއް ހުށައެޅިފައިވާކަމަށް އިޝާރާތްކުރައްވާ ނާޒިމް ވިދާޅުވީ، ހުށައެޅުއްވި މެމްބަރަކީވެސް ރިޔާސީ ކެންޑިޑޭޓެއްގެ މަގާމު ހާސިލުކުރުމަށް މަސައްކަތްކުރައްވަމުންދާ ބޭފުޅެއްކަމަށްވުމުން ވިޔަފާރީގެ އުސޫލު ގަބޫލުކުރައްވަންޖެހޭނެކަމަށާއި ފްރީ މާކެޓް އިކޮނޮމީއަކީވެސް ގަބޫލުކުރައްވަންޖެހޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން ދެކޮޅު ނުޖެހޭ ގޮތެއްގެ މަތިން ރައްޔިތުންނަށް ހިދުމަތްތައް ދެމުން ކުރިއަށް ދެވިދާނެކަމަށް ގަބޫލުކުރެއްވުމަކީ އެންމެ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ. ގްރޭޓާރ މާލެ ސަރަހައްދަށް ބަލާއިރު ސްޓެލްކޯއިން ހިދުމަތްދޭ 90،000 އަށްވުރެ ގިނަ ކަސްޓަމަރުން ތިބިކަމަށް މައުލޫމާތު ދެއްވިއެވެ. ނާޒިމް ވިދާޅުވީ، ހުރިހާ ރަށެއްގެ ކަސްޓަމަރުން އެއްކުރުމުން  ނުވަދިހަ އެއްހާހަށްވުރެ އިތުރުވެގެންދާކަމަށާއި އެމްޑަބްލިއުއެސްސީން މާލެ ސަރަހައްދުގައި 58000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭކަމަށެވެ.

ނަމަވެސް ރާއްޖޭގެ އެހެން ހުރިހާ ރަށެއް އެއްކުރުމުންވެސް މި އަދަދު ހަމަނުވާކަމަށާއި ތިބީ ކުދި ރަށްތަކެއް ކަމަށްވުމުން އެ ރަށްތަކުގައި ހިދުމަތް ދިނުމުގެ އަގުވެސް ބޮޑުވެގެންދާކަމަށެވެ. ނާޒިމް ވިދާޅުވީ، މިކަމަށް ހައްލެއް ގެނައުމަށްޓަކައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ދެވަނަ ވިސްނުމަކަށް ވަޑައިނުގަތުމަށް ވިދާޅުނުވާކަމަށާއި މިހާރު އޮތް އުސޫލަކީ އެކަށީގެންވާ އުސޫލެއްކަން ކަށަވަރުކުރުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: