އެސްޓީއޯ މިނިވަން އުފާ ޕްރޮމޯޝަން.
ދިވެހި ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވަރަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ”މިނިވަންއުފާ ސޭލް“ ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕެއިން ކުރިއަށް ދާނީ 24 ޖުލައި 2025 ން 2 އޮގަސްޓް 2025 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސޭލްގެ މައިގަނޑު ބޭނުމަކީ އެސްޓީއޯއާއި އާއްމުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް މުދާ ވިއްކާ ފޯރުކޮށްދިނުމެވެ.
ސޭލް ކުރިއަށްދާނެ ގޮތް
މި ކެމްޕެއިން ކުރިއަށްދާނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސުން، 24 ޖުލައި 2025 ން 02 އޮގަސްޓް 2025 އާއި ދެމެދު ވިޔަފާރި ކުރައްވާ ފަރާތްތަކުގެ މެދުގައެވެ. އެގޮތުން މި މުއްދަތުގައި ވިޔަފާރި ކުރައްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ގުރުއަތެއް ނެގި، ގުރުއަތުނަ ހޮވޭ 1 ފަރާތަކަށް ވަރަށް ހާއްސަ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

