ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާދަތީ ބާރުގެ ކަންކަމުގެ ތެރެއަށް އަތްގަދަ ކުރުމަށް އެއްވެސް ބަޔަކަށް ޖާގައެއް ދުވަހަކު ވެސް ނުދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ސަންގުޓީވީއަށް ދެއްވި އިންޓަވިއު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެހީތަކެއް ލިބުމުގައި ލަސްތަކެއް ދިމާވި ނަމަވެސް ސިޔާދަތީ ބާރުގެ ތެރެއަށް އެހެން ބައެއްގެ އަތް ގަދަކުރުމުގެ ފުރުސަތު ލިބޭނެ އެއްވެސް އެގްރީމަންޓަކަށް މި ސަރުކާރުން ޖާގައެއް ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”މިނިވަންކަމުގެ ހިޔަލުގައި ފަސްދޮޅަސް“ ކަވަރޭޖަށް ދެއްވި ހާއްސަ އެކްސްކްލޫސިވް އިންޓަވިއުގައި ރައީސް ވަނީ ގައުމެއްގެ ގޮތުގައި ރާއްޖެ ކުރިޔަށް ދާއިރު ޚާރިޖީ ގުޅުން ގާއިމުކޮށް ދެމެހެއްޓުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ރައީސް ވަނީ، ގައުމުގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގައި ބޭރުގެ އެހީތެރިކަން ނަގަން ޖެހިދާނެ ކަމަށް ވިދާޅުވެ، ނަމަވެސް އެކަމުގައި ގައުމުގެ އިގްތިސާދީ މިނިވަންކަމާއި ސިޔާދަތީ ބާރު ކަށަވަރުކުރުމަށް އިސްކަން ދޭން ޖެހޭކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު، އަމިއްލަ ކެޕޭސިޓީގައި ބޮޑެތި ތަރައްގީގެ މަޝްރޫއޫތައް ހިންގުމަށް ފައިސާ ނެތް ނަމަ، ލޯނު ނަގަން ނުވަތަ އެހެނިހެން އެއްބަސްވުންތަކުގައި ސޮއިކުރަން ޖެހިދާނެއެވެ. ނަމަވެސް، މިފަދަ ކޮންމެ މުއާމަލާތެއްގައި ވެސް ލޯނުތައް ހުންނަން ޖެހޭނީ މެނޭޖު ކުރެވޭނެ މިންގަނޑެއްގައިކަމަށާއި، ބޭރުގެ އެއްވެސް ފަރާތަކަށް ގައުމުގެ ކޮންޓްރޯލް ދޫކޮށްލެވޭ ގޮތަށް މަގުފަހިވެގެން ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ތި ފާހަގަކުރެއްވި ގޮތަށް އަޅުގަނޑުމެންގެ އިގްތިސާދީ މިނިވަންކަން އެންޝުއަރ.. ޔަގީން ކުރަންޖެހޭނެ.. ވަކި ބަޔަކު ނޫނިއްޔާ ވަކި ގައުމެއް ނޫނިއްޔާ ވަކި ބޮޑީއަކުން ބުނާހާ ގޮތަކަށް އަޅުގަނޑުމެންގެ ލޯނުތައް ނެގުމުގައި ނޫނީ އެއްބަސްވުން ހެދުމުގައި ހުންނަ ޓާމްސް އެންޑް ކޮންޑިޝަންސްތައް ދޫކޮށްލައިގެން ދީލާލައިގެން ނުވާނެ.. އެއީ އަޅުގަނޑު ވަރަށް ބޮޑަށް ބަލާ ކަމެއް.. މިދިޔަ އަށާރަ ވަރަކަށް މަސްދުހުގެ ތެރޭގައި އަޅުގަނޑުމެން ވާނީ ވަރަށް ބޮޑަށް ޔަގީންކޮށްފަ މިދެންނެވި މިންތައް ހިފަހައްޓަން.. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ބައެއް ކަންކަމުގައި އެހީތެރިކަން ލިބުމުގެ ލަސްތައް ދިމާވޭ.. އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ ސިޔާދަތީ ބާރުގެ ތެރެއަށް އެހެން ބައެއްގެ އަތް ގަދަކުރުމުގެ ފުރުސަތު ލިބޭނެ އެއްވެސް އެގްރީމަންޓަކަށް ދާކަށް.. އެއީ އަޅުގަނޑު ގައިމުވެސް ދުވަހަކު ވެސް ނުކުރާނެ ކަމެއް

ރައީސް އިތުރުން ވިދާޅުވީ، ވަކި ބަޔަކު ނުވަތަ ވަކި ގައުމެއް ނުވަތަ ވަކި އިދާރާއަކުން ބުނާހާ ގޮތަކަށް، ލޯނު ނެގުމުގައި ނުވަތަ އެއްބަސްވުން ހެދުމުގައި ހުންނަ ޓާމްސް އެންޑް ކޮންޑިޝަންސްތައް ދޫކޮށްލައި ދީލާލައިގެން ނުވާނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިއީ އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑަށް ބައްލަވާ ސަމާލުކަން ދޭ ކަންކަމެވެ. އަދި ވިދާޅުވީ ސަރުކާރުގެ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި މި މިންތައް ހިފެހެއްޓުމަށް ގަދަޔަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

މި ސިޔާސަތުގެ ސަބަބުން ބައެއް ކަންކަމުގައި ބޭރުގެ އެހީތެރިކަން ލިބުމަށް ލަސްތައް ދިމާވެފައި ހުރި ނަމަވެސް، ގައުމުގެ ސިޔާދަތީ ބާރުގެ ތެރެއަށް އެހެން ބައެއްގެ އަތް ގަދަކުރުމުގެ ފުރުސަތު ލިބޭނެ އެއްވެސް އެގްރީމަންޓަކަށް މި ސަރުކާރުން ދުވަހަކު ވެސް ޖާގައެއް ނުދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ތަކުރާރުކޮށް ރައީސް ވިދާޅުވީ އެފަދަ އެއްވެސް ފުރުސަތެއް ލިބޭ ގޮތަށް، ސަރުކާރުން މަޝްވަރާއެއްގެ މޭޒަކަށް ގޮސް ފުރުސަތެއް ވެސް ނުދެއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: