ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަދަބަސް ވިދާޅުވެ، ވިޔަފާރިތަކަށް ގޮންޖެއްސެވުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލު އިސްކުރައްވާ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަދަބަސް ވިދާޅުވެ، ވިޔަފާރިތަކަށް ގޮންޖައްސަވާފައި ނިންމެވުންތައް ނިންމެވުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލު އިސްކުރެއްވުމަށް ސަރުކާރުގެ ކިބައިން އެދޭކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ 30 އިންސައްތައާ ހަމައަށް ފީއެއް ނެގުމަށް ނިންމާފައިވާ ވެބްސައިޓުތަކަކީ ދިވެހިން އާންމުކޮށް ބޭނުންކޮށް އުޅޭ ވެބްސައިޓުތައް ކަމަށެވެ. އެ ވެބްސައިޓުތަކާ އާންމު ސަބްސްކްރިޕްޝަންތަކާ ތަފާތުވާނެކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، ސަރުކާރެއްގެ ޒިންމާއަކަށްވާންވާނީ ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. ވަކިން ޚާއްސަކޮށް ކަންކަން ރެގިއުލޭޓް ކުރުމުގެ ހުރިހާ ބާރެއް ދައުލަތަށް ދީފައިވާއިރު، އެކަންކަން ފަހިވެފައި ހުންނަންޖެހޭނެކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

ހަމައެއާއެކު، ރައްޔިތުންނަށް އޮންނަ ޒިންމާއަކީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލެނބުންކަންވެސް މައުރޫފް ފާހަގަ ކުރެއްވިއެވެ.

ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން، އެއީ ސަރުކާރެއްގެ ޒިންމާއަކަށްވާންވާނީ، ރައްޔިތެއްގެ މައްޗަށް އޮންނަ އިހުތިޔާރެއް ނޫން ރެގިއުލޭޓް ކުރުމަކީ، އެއީ ދައުލަތަށް ދީފައިވާ ބާރެއް.

މައުރޫފް އިތުރަށް ވިދާޅުވީ، ސަރުކާރުން ހަދާ ޤާނޫނަކަށް ބޯނުލެނބުމުގެ ނިޔަތެއް ރައްޔިތުންގެ ނޯންނާނެ ކަމަށާއި، ނަމަވެސް ކަނޑައެޅިގެން ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ސިޔާސަތުތައް އެކުލަވާލާނަމަ އެ ރައްޔިތުންވެސް އެކަމާ ދެކޮޅުވާނެ ކަމަށެވެ. އެގޮތުން ވެބްސައިޓުތަކުން ފީނެގުމަށް ނިންމި ނިންމުމުގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށާއި، ރައްޔިތުންނަށް އޭގެ އެއްވެސް ފައިދާއެއް ނެތްކަން އެ ރައްޔިތުންވެސް ޤަބޫލުކުރާކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން މައުރޫފް ވިދާޅުވީ، ޗައިނާގެ ޕްލެޓުފޯމުތަކުން ފީނަގާއިރުވެސް ބަލަންޖެހޭނެ ކަންކަން ހުންނާނެކަމަށެވެ. އަދި ވިދާޅުވީ، އެ ވެބްސައިޓުތައް ބޭނުންކޮށްގެން ދިވެހިން އޯޑަރުކުރަނީވެސް އާންމު ބޭނުންތަކަށް ބޭނުންކުރާ އެކި ބާވަތުގެ މުދާކަމަށެވެ.

އެހެންކަމުން މިފަދަ ކަންކަން ނުކުރެއްވުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގަންނަވާކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި ވިޔަފާރިތަކާއެކު އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކުރައްވައި، މުޅި ޤައުމުގެ މަސްލަޙަތަށްޓަކައި ނިންމުންތައް ނިންމެވުމަށް އިސްކަން ދެއްވުމަށް މައުރޫފް ވަނީ އެދިވަޑައިގެންފައެވެ.

އަޅުގަނޑު ރައީސަށް ދޭން ބޭނުންވާ މެސެޖަކީ ގަދަބަސް ވިދާޅުވެފައި، ވިޔަފާރިތަކަށް ގޮންޖައްސަވާފައި މިގޮތަށް ކަންކަން ނުކުރެއްވުމަށް

ވިޔަފާރީގެ ބޭނުމަށް ބައެއް އޮންލައިން ޝޮޕިންގ ސައިޓްތަކުން ކުރެވޭ މުޢާމަލާތްތަކަށް 30 ޕަސެންޓާ ހަމައަށް ފީއެއް ނެގޭގޮތަށް ބީއެމްއެލްއިން ވަނީ ހަމަޖައްސައިފައެވެ. މީގެ ތެރޭގައި ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނެއެވެ. ނަމަވެސް، ޓިކެޓް ގަތުމާއި، ހޮޓާ ބުކިންގ އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ކުރެވޭ މުޢާމަލާތްތަކަށް މި ފީ ނުހިނގާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: