ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުގެ މަސައްކަތުން މިހާރު ކުރިޔަށް ދަނީ، ކުރީ ސަރުކާރުން އުނި ކުރި ކަންކަން: އެފްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތްތައް ރައީސް ބައްލަވާލެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކުރި 4000 ފްލެޓުގެ މަސައްކަތްތައް މިހާރު ނިމުމަކަށް އަންނައިރު، މި މަޝްރޫއުގެ ތެރެއިން ކުރީގެ ސަރުކާރުން ގިނަ ކަންތައްތަކެއް ރާވައިފައިނުވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ހަމްދާން ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެއްބަސްވުމުގައި ހިމެނޭ ބައެއް ބައިތައް އުނިކޮށްފައި ވާތީ، މިހާރު އެ މަޝްރޫއުގެ ތެރެއިން އެ މަސައްކަތުގެ ބައިތައް ދަނީ ކުރިޔަށެވެ. އަދި ހުރިހާ ފްލެޓެއްގެ ފިނިޝިން ނިމުމާއި ގާތްވެފައިވާކަން ފާހަގަކުރައްވައި ހަމްދާން ވިދާޅުވީ ބާކީ މިހާރު ހުރީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) ގެ މަސައްކަތްތައް ކަމަށެވެ.

ފްލެޓުގެ މަސައްކަތްތަކުން މިހާރު ކުރިޔަށްދާ ބައިތަކަކީ ހަމްދާން ވިދާޅުވި ގޮތުގައި މަޝްރޫއުގެ ސްކޯޕްގެ ތެރެއިން ރައީސް ސޯލިހުގެ ސަރުކާރުން ނުހިމެނުމަށް ނިންމި ކަންކަމެވެ. އޭގެ ތެރޭގައި ހިމެނެނީ ހަމްދާން ފާހަގަކުރެއްވި ގޮތުން ބިލްޑިން ސައިނޭޖް، ސީސީޓީވީ ނެޓްވޯކް، ގާބޭޖް ޝޫޓް، ބޫމް ގޭޓް، ލޭންޑް-ސްކޭޕިން، ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން، އެމްޑަބްލިޔުއެސްސީ ސީވޭޖް ކަނެކްޝަން، އެމްޑަބްލިޔުއެސްސީ މެއިން-ލައިން ކަނެކްޝަން، ބޫސްޓާ ޕަމްޕް ފޯ ދޯދި ޕްރޮޖެކްޓް، ޝަފްޓް ޑޯ، އެކްސްޓާނަލް ގޭޓްސް، އަދި އިންޓަނެޓް އެންޑް މީޑިއާނެޓް ކަނެކްޝަން ހިމެނެއެވެ.

މީގެ އިތުރުން، ފެނާއި ކަރަންޓުގެ ހިދުމަތް ދޭނެ އެއްވެސް ގޮތެއް އަދި އިންޓަނެޓް ކޭބަލް ގުޅާނެ އެއްވެސް ގޮތެއް ކުރީ ސަރުކާރުން ރާވާފައި ނެތްކަމަށް ހަމްދާން ވިދާޅުވި އެވެ. މި ސަރުކާރުން ފްލެޓުތައް ހަވާލު ކުރާނީ މި ހުރިހާ ހިދުމަތްތައް ގާއިމު ކުރުމަށްފަހުކަން ހަމްދާން ފާހަގަކުރެއްވި އެވެ.

”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ މި ފްލެޓުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. އަދި ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަޝްރޫއުގެ ދަށުން ނިންމި ހުރިހާ ފްލެޓެއް ވަނީ ދިވެހި ސަރުކާރަށް ހަވާލު ކުރައްވާފަ އެވެ.

އިންޑިއާގެ އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާއިރު 3.5 ބިލިއަން ރުފިޔާއަށް ތަރައްގީ ކުރި ”އަމާން އުދަރެސް“ ގެ 16 ޓަވަރުގެ މަސައްކަތް ކުރިޔަށް ގެނދިޔައީ އިންޑިއާގެ ގައުމުގެ ކޭޕީއައިއެލް އެވެ. އަދި ”އަމާން ދޯދި“ 16 ޓަވަރު ހަވާލުކޮށް މަސައްކަތް ނިންމާފައި ވަނީ  އެންބީސީސީ އެވެ.

ފްލެޓުގެ މަސައްކަތްތައް ނިމޭ ވަރަކުން، ހަވާލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި މިފަހުން މި އައި މިނިވަން ދުވަހުގެ ބަންދަށް ފަހު އަލުން އަނެއްކާވެސް ފްލެޓު އެއްބަސްވުމުގައި ސޮއި ކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، ފްލެޓު އެއްބަސްވުމުގައި ސޮއި ކުރަމުން ދަނީ މަސައްކަތްތައް ނިމޭ ވަރަކުންނެވެ. އަދި ފްލެޓު ހަވާލު ކުރާނީ ހުރިހާ ހިދުމަތެއް ގާއިމު ކުރުމަށްފަހުގައިކަމަށް ވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: