ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހއ. އަތޮޅުގައި އައިކެއާގެ ލޮލުގެ ސްކްރީނިން ކޭމްޕެއް؛ 300 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށްފައިވޭ

އައިކެއާއިން ލޮލުގެ ސްކްރީނިންއަށް ހާއްސަ ކޭމްޕެއް ހއ. އަތޮޅުގައި ކުރިއަށް ގެންދިއުން/ ފޮޓޯ: އައިކެއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިކެއާއިން ލޮލުގެ ސްކްރީނިންއަށް ހާއްސަ ކޭމްޕެއް ހއ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.

ޕްރޮގްރާމާއި ގުޅޭ މައުލޫމާތުތައް ހިއްސަކޮށް އައިކެއާއިން ބުނީ، ދިވެހި ރައްޔިތުންގެ ލޮލުގެ ސިއްހަތު ކުރިއެރުވުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ. އަތޮޅުގެ ބައެއް ރަށްތަކުގައި ސްކްރީނިން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. 300 އަށް ވުރެ ގިނަ މީހުން ސްކްރީން ކުރި މި ކޭމްޕް ކުރިޔަށް ގެންްގޮސްފައި ވަނީ ހޯރަފުށި، އިހަވަންދޫ، ދިއްދޫ، ކެލާ، ބާރަށުގެ އިތުރުން އުތީމުގަ އެވެ.

މި ކޭމްޕުގައި، އައިކެއާގެ ތަޖުރިބާކާރު އޮޕްޓޮމެޓްރިސްޓުން 300 އަށްވުރެ ގިނަ ބަލިމީހުން ސްކްރީންކޮށް، ލޮލަށް ބޭނުންވާ މުހިންމު ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދީފައިވާކަމަށް އެ އައިކެއާއިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މި ކޭމްޕުގައި ހިލޭ ލޯ ސްކްރީންކުރުމާއި، ރިފްރެކްޝަނާއި އަދި ލޮލުގެ ބަލިތައް ހުރިކަމުގެ އަލާމާތްތައް އަވަހަށް ދެނެގަތުމާއި އެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ލޮލުގެ ކެޓަރެކްޓުގެ ނުވަތަ ފުސްވުމުގެ ތަފްސީލީ އެސެސްމަންޓުގެ ހިދުމަތްތައް ފޯރުކޮށްދިންކަން އައިކެއާއިން ވަނީ ހާމަކޮށްއެވެ. އެގޮތުން، އެ ކުންފުނިން ފޯރުކޮށްދިން، ހިލޭ ސްކްރީންގތަކަކީ، އެ ހިދުމަތްތައް ލިބުނު ފަރާތްތަކުގެ ލޮލުގެ ފެނުން ރަނގަޅުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅުނު ފިޔަވަޅެއްކަމަށް އައިކެއާއިން ބުނެފައި ވެއެވެ.

އައިކެއާއިން ލޮލުގެ ހިދުމަތްތައް ފޯރުކޮށްދެމުންދާތާ، 22 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އައިކެއާއަކީ، ލޮލުގެ ސިއްހަތުގެ ދާއިރާއިން އިތުބާރު ހުރި، ލީޑިންގ ކުންފުންޏެކެވެ. އަދި ގަވާއިދުން ލޮލުގެ ސްކްރީނިން ކޭމްޕްތަކާއި އައުޓްރީޗް ޕްރޮގްރާމުތައް މެދުވެރިކޮށް، ފަރުވާ ދިނުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ.

އައިކެއާއިން ބުނީ ހއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ލޮލުގެ ސްކްރީނިންގ ކޭމްޕުއަކީ، ރާއްޖޭގެ އެހެނިހެން ރައްތަކަށް ވެސް ޕްރޮފެޝަނަލް އަދި މަތީ ފެންވަރުގެ ލޮލުގެ ފަރުވާ ލިބޭނެ މަގު ފަހި ކޮށްދިނުމުގައި އަމާޒުގައި ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: