ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލު ޗުއްޓީއާ ދިމާކޮށް، އައިކެއާއިން ހާއްސަ ޑިސްކައުންޓެއް!

އައިކެއާއިން ވިއްކާ އައިނުތަކެއް. -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލު ޗުއްޓީއާ ދިމާކޮށް، އައިކެއާއިން އައިނު ފްރޭމްތަކަށް ހާއްސަ ޑިސްކައުންޓު ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.

އޮގަސްޓު މަހުގެ 16 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި، އައިނު ފްރޭމްތަކަށް 1،500 ރުފިޔާއާއި ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

އައިކެއާއިން މައުލޫމާތު ދެމުން ބުނީ މި ޕްރޮމޯޝަންގެ މުއްދަތުގައި 1،500 ރުފިޔާއިން މަތީގެ އަގުގެ އައިނު ފްރޭމްތަކަށް 500 ރުފިޔާގެ ޑިސްކައުންޓެއް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި 3000 ރުފިޔާއިން މަތީގެ އައިނު ފްރޭމްތަކަށް 1000 ރުފިޔާގެ ޑިސްކައުންޓު، 4،500 ރުފިޔާއިން މަތީގެ އައިނުތަކަށް 1،500 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

މިއީ ފެންވަރު ރަނގަޅު، ކޮލިޓީ އައިނުތައް އަތްފޯރާ އަގެއްގައި ހޯދުމަށް ރަނގަޅު ފުރުސަތެއްކަމަށް އައިކެއާއިން ވަނީ ފާހަގަކޮށްފަ އެވެ.

May be a graphic of text that says 'SCHOOL HOLIDAY SPECIALS GET UP TO MVR 1500 OFF ON YOUR NEW FRAMES! 00 MVR 500 OFF FRAMES ABOVE MVR 1500 00 MVR 1000 OFF FRAMES ABOVE MVR 3000 00 MVR 1500 OFF FRAMES ABOVE MVR 4500 TERMS ERMS&CONDITIONSAPPLY & CONDITIONS APPLY LIMITED LIMITEDTIMEOFFER TIME OFFER'

އައިކެއާއިން ކުރިޔަށް ގެންދާ އިތުރު ޕްރޮމޯޝަންތަކުގެ ތެރޭގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައްކުން ކުރިޔަށް ގެންދާ ގިވްއަވޭތައް ފާހަގަކުރެވެ އެވެ. އެގޮތުން އައިކެއާގެ ރަސްމީ އިންސްޓަގްރާމް އަދި ފޭސްބުކް މެދުވެރިކޮށް 20 އިންސައްތައިގެ ޑިސްކައުންޓު ލިބޭ ގިވްއަވޭއެއް ކުރިޔަށް ދާނެ އެވެ.

އައިކެއާއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ބައިވެރިވެ، ލިބޭ ޑިސްކައުންޓުގެ އިންސައްތަ އައިނު ހެއްދުމަށް ބޭނުން ކުރެވޭނެ އެވެ. އޭގެ ތެރޭގައި އޮޕްޓިކަލް އައިނުތަކާއި، ވަކި ބާވަތްތަކެއްގެ އައިނު ހިމެނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އައިކެއާގެ ސޯޝަލް މީޑިއާގެ މި ޕްލެޓްފޯމް ވެސް ފޮލޯކޮށް، ކަނޑައެޅިވާ ކީވޯޑު ބޭނުންކޮށްގެންނެވެ. އަދި ޑައިރެކްޓް މެސެޖިން މެދުވެރިކޮށް ޑިސްކައުންޓް ވައުޗަރ އެ ފަރާތަކަށް ލިބިގެންދާނެ އެވެ.

އައިކެއާ ބުނީ އެ ވައުޗާރ ބޭނުން ކުރަން ޖެހޭނީ، ޗެކްއައުޓްވާ ވަގުތުކަމަށެވެ. އަދި އެ ކޯޑު ދެއްކުމުން ޑިސްކައުންޓު ލިބޭނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: