ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީ 7.9 އިންސައްތަ އިތުރުވެ، 20.5 ބިލިއަން ރުފިޔާއަށް އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދިވެހި ދައުލަތުގެ އާމްދަނީއަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައިވެއެވެ. މިގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 20.5 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރާ އަޅާބަލާއިރު 7.9 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ

ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީގެ ތެރެއިން 76.3 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. މިއީ 15.7 ބިލިއަން ރުފިޔާއެވެ. ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 95.8 އިންސައްތަ އިތުރުވެފައިވާއިރު، ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 52.6 އިންސައްތަ އިތުރުވެފައިވެއެވެ. އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރުވެސް 12.9 އިންސައްތައިން އިތުރުވެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 49.3 އިންސައްތަ އިތުރުވެފައިވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9.6 އިންސައްތައިގެ އިތުރުވުމެކެވެ.

ރިޒޯޓުތަކާ ގުޅުންހުރި އާމްދަނީ

ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައި އިތުރުވެފައިވެއެވެ. މި އިތުރުވުމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާގެ އަދަދު 50.3 އިންސައްތަ އިތުރުވެ، 1.1 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ބަޖެޓް ތަންފީޒުވަމުންދާ މިންވަރު

2025 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓުގައި އަންދާޒާކުރެވުނު އާމްދަނީއާއި ހިލޭ އެހީގެ 51.6 އިންސައްތަ ޖުލައި 17 ގެ ނިޔަލަށް ލިބިފައިވެއެވެ. އަދި މި އަހަރަށް އަންދާޒާކުރެވުނު ޖުމުލަ ޚަރަދުގެ 39.6 އިންސައްތަ މި މުއްދަތުގެ ތެރޭގައި ރެކޯޑުކުރެވިފައިވެއެވެ.

ދައުލަތުގެ އާމްދަނީއަށް ލިބިފައިވާ މި ކުރިއެރުމަކީ ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުމާއި، ޓެކްސް ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެކެވެ. މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިވަމުން އަންނަކަމުގެ ހެއްކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: