ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީ ރާއްޖެއަށް ވަޑައިގަތީ ސިއްރު އެއްބަސްވުންތަކެއްގައި ސޮއި ކުރާކަށްނޫން: އިބްރާހިމް މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ވަޑައިގަތީ ސިއްރު އެއްބަސްވުންތަކެއް ސޮއި ކުރަން ނޫން ކަމަށާއި ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް މަޝްވަރާތަކެއް ކުރިއަށް ގެންދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅޫވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މެމްބަރު އިބްރާހިމް ވިދާޅުވީ ކުރިން ”އިންޑިއާ އައުޓް“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕެއިންގައި ބޭނުންކުރި ސްލޯގަންއަކީ ރަމްޒީ ބަހެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން އެ ސްލޯގަން ކޮންޓެކްސްޓްއިން ބޭރުން ނަގައިގެން ސަރުކާރަށް ބުލީ ކުރާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އޭރު ”އިންޑިއާ އައުޓް“ އެ ބަސް ބޭނުންކުރަމުން އައީ އިންޑިއާ ދިވެހިރާއްޖޭގެ ތެރެއަށް ވަދެގެން ނޫން ކަމަށެވެ. އެހެންނަމަވެސް ގާނޫނާއި ހިލާފަށް ތުހުމަތު ކުރެވޭ ކަންތައްތަކުގެ ގޮތުގައި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

އޭރު އެކަމާއި އެމްޑީޕީން ފިޔަވާ އެހެން ހުރިހާ ވެރިންވެސް ދެކޮޅުކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އޭރު އަޑު އުފުލީ އެފަދަ ކަންކަމާއި ކަމަށާއި، އެހެންނަމަވެސް މިއަދުގެ ހާލަތު ވަރަށް ތަފާތު ކަމަށެވެ. ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައި އޮތް ވަރަށް ޕްރޮގްރެސިވް، ހާރީޖީ ސިޔާސަތެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިއުޅެނީ އަވަޓެރި ގައުމުތަކާއި، އެއްވެސް އިރެއްގައި ޒާތީގޮތުން ޖެހިގެންނެއް ނޫން އިނގޭތޯ. އިންޑިއާގެ ރައްޔިތުންނަކާއި ވެސް ސަރުކާރުން ދެކޮޅެއް ނޫން. އަދި އޭރު އިދިކޮޅުގައި ހުންނެވި އިރުވެސް ދެކޮޅެއް ނޫން. އަޅުގަނޑު މެން ދެކޮޅުވަމުން ދިޔައީ ދިވެހިރާއްޖޭގެ ގަދަރުވެރި ސަރުކާރަކުން ދިވެހި ރައްޔިތުންގެ މުދާ ދިވްހި ރައްޔިތުންނަށް ނޭންގި ގާނޫނުތަކާއި، ގާނޫނުއަސާސީ އާއި ހިލާފަށް، ރައްޔިތުންނަށް ދުރު މުސްތަގުބަލަކަށް ގެއްލުންވާ ގޮތަށް ބޭނުންކުރަމުންދާތީ އެކަމާއި މެދު އުފުނު އަޑު ތަކެއް މިއީ އިންގޭތޯ“

މެމްބަރު ވިދާޅުވީ ދެކޮޅުންވެސް އިދިކޮޅުވުމުގައި އަމާނާްތެރިކަމެއް ގެންގުޅެން ޖެހޭ ކަމަށެވެ. ދިވެހިރާއްޖޭގެ މިނިވަންދުވަހާއި ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެއަށް ވަޑައިގެންނެވީ ކަމަށާއި، އެހެންނަމަވެސް ވަޑައިގަތީ ސިއްރު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާކަށް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރާއިއެކު ކުރިއަށް ގެންދެވުނީ ނިމިދިޔަ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ގުޅިގެން އެކަންތައް ރީ ނެގޯޝިއޭޓް ކުރުމާއި، އެކަމުން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށްކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: