ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ނިއުޔޯކް ޑެކްލެރޭޝަން“ ބަލައިގަތުމަކީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމުގެ ހެއްކެއް: ރައީސް

ރާއްޖެއާއި ފަލަސްތީނުގެ ރައީސް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ނިއުޔޯކް ޑެކްލެރޭޝަން“ އަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަޤުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްގެ ބަޔާނުގައި، އ.ދ ގައި ކުރިއަށްގެންދިޔަ ”ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ- ސްޓޭޓް ސޮލިއުޝަން“ ގެ ނަތީޖާ ކަރުދާސް ކަމުގައިވާސުލްޙަވެރި ގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރު ”ނިއުޔޯކް ޑެކްލެރޭޝަން“ ބަލައިގަތުމަކީ ދިވެހި ސަރުކާރުން މަރުޙަބާކިޔާކަމެއްކަމަށް ފާހަގަކުރައްވައިފައިވެއެވެ.

މީގެއިތުރުން، ނިއުޔޯކް ޑެކްލެރޭޝަނަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ސިޔާދަތާއި، އެ ގައުމުގެ ދައުލަތް ބަލައިގަތުމުގެ އިތުރުން އެ ދައުލަތަށް އ.ދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް، ދުނިޔޭގެ އެހެނިހެން ގައުމުތަކުން އެއްބާރުލުން ދޭ ކަމުގެ ބޮޑު ހެއްކެއްކަމަށްވެސް، އެ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި، އެ ޑެކްލެރޭޝަންއަކީ،އިސްރާއިލުން ހުއްޓުމެއް ނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއްގައި ހޯދައިދިނުމަށް ބައިނަލްއަގްވަމީ އެހެން ގައުމުތަކުން އެކަށައެޅި ވަރުގަދަ އިލްތިމާޒެއްކަމަށް ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއިރު، ނިއުޔޯކް ޑެކްލެރޭޝަންއަކީ، ފަލަސްތީނުގެ އިގްތިސާދީ ގާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށްވެސް ބައިނަލްއަގްވާމީ އެހެނިހެން ގައުމުތަކުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއްކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެއާއިއެކު، 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގައި އޮތް ބޯޑަރުތަކާޢި އޮތްގޮތަށް، އިރުމަތީ ގުދުސް ހިމެނޭނެ ގޮތަށް، ބައިނަލްއަގްވާމީ ގާނޫނުތަކާއި އ.ދގެ ގުޅުންހުރި ގަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްތީނުގައި މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއިއެކު އެއްބާރުލުން ދެމުންގެންދާނެކަަމުގެ ޔަގީންކަން ރައީސް ވަނީ އެ ބަޔާނުގައި އަރުއްވައިފައެވެ.

2025 ވަނަ އަހަރުގެ ޖުލައި 28 އިން 30 އަށް، ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި،

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ މައި މަރުކަޒުގައި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 28 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ”ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން“ އަކީ ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ބާއްވާ ބައްދަލުވުމުގައި ރާއްޖެއަށް ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާއިރު، މި މުހިންމު ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާނީ އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދެވެ. މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން އެ މަނިކުފާނު ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ބޭއްވިގެންދަނީ އދ.ގެ އާންމު މަޖިލީހުގެ ޤަރާރު ނަންބަރު 79/81، ”ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން“ ގެ ދަށުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: