ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު 6،000 އަށް

ރާއްޖެއަށް އަންނަ ފަތުރުވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު 6،000 އަށް އަރައިފިއެވެ.

މިކަން ހާމަވީ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގަ މި މަހުގެ 1 އަކުން 29 އަށް 174،189 ފަތުރުވެރިން ޒިޔާރާތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 156،341 ފަތުރުވެރިންނެވެ. އަހަރުގެ މިހާތަަނަށް ރާއްޖެއަށް 1،282،319 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ އެއްވަނައިގައި އޮތީ 186،546 ފަތުރުވެރިންނާއިއެކު ޗައިނާއެވެ. ވަނައިގައި އޮތީ ރަޝިޔާއެވެ. އެ ގައުމުން 151،468 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 120،309 ފަތުރުވެރިން ޒިޔާރާތްކުރިއެވެ. ހަތަރުވަނައިގައި އޮތީ އިޓަލީއެވެ. އިޓަލީން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 92،835 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވި ގޮތުގައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތުން 60 އިންސައްތައަކީ ގުދުރަތީ ރީތިކަމާއި ސާފު ވެށި ދެކިލުމަށް އަންނަ މީހުންނެވެ. ތޯރިގު ވިދާޅުވީ ރާއްޖޭގެ ތިމާވެށީގެ މުއްސަނދިކަމާއި މެދު އެތައް ބަޔަކު ގަޔާވާކަމަށާއި، މި ވެށި ދަމަހައްޓައި ހިމާޔަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތައް ކޮންމެހެންވެސް އަޅާފައި ހުރުން މުހިންމުކަމަށެވެ.

ގައުމުގެ ފަތުރުވެރިކަން ކުރިއަރާފައިވާ ސަބަބުތަކުގެ ތެރޭގައި ތިމަވެށި އިސްރޯލެއް އަދާކުރާކަން ފާހަގަކުރައްވާ، ތޯރިގު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރެވޭނީ ތިމާވެށީގެ މުއްސަނިދކަން އިތުރުކޮށް ހިމާޔަތްކޮށްގެން ކަމަށެވެ.

އެހެންވީމަ ތިމާވެށި ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއް، ރާއްޖެއަށް އެ އަންނަ ފަތުރުވެރިން ރާއްޖެއަށް އައުމަށް.. ރާއްޖެއަށް އިތުރު ފަތުރުވެރިން ގެންނަކަމަށްވަންޏާ ވެސް ރާއްޖޭގެ ތިމާވެށި މުއްސަނދިކަން އިތުރަށް ރަނގަޅުކޮށް ދެމެހެއްޓި ދެމެހެއްޓުން މުހިންމު، އެހެންވީމަ އެކަން ކުރެވިއްޖެ ނަމަ ކުރިޔަށް އޮތް ތަނުގައި ވެސް ފަތުރުވެރިކަން އާލާވަމުންދާއިރު ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓިގެން ދާނެ..

ދުނިޔޭގައި ވެސް ފަތުރުވެރިކަން މިހާރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަނީ ސަސްޓެއިނަބަލް ޓުއަރިޒަމްކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވާއިރު ރާއްޖޭގެ ކޮންމެ ރިސޯޓަކީ ވެސް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް މަސައްކަތްކޮށް އޮޕަރޭޓު ކުރާ ރިސޯޓުތައްކަމަށް ތޯރިގު ވިދާޅުވިއެވެ. އެގޮތުން ކޮންމެ ރިސޯޓެއްގައިވެސް ޖަނަރޭޓުތައް އަމިއްލައަށް ބަހައްޓައި ކަރަންޓު ފޯރުކޮށްދިނުމާއި، ރިސޯޓެއްގައި އަމިއްލަ ޕްލާންޓު ބަހައްޓައި ފެން އުފެއްދުމާއި، އަމިއްލައަށް ކުނި މެނޭޖު ކުރަމުން ދިއުން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: