ދިރާގުން އެންޓަޕްރައިސްތަކަށް ހާއްސަ ކޯލޮކޭޝަން ހިދުމަތާއެކު އެންޓަޕްރައިސްތަކަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށްފިއެވެ.
މި ހިދުމަތަކީ އެންޓަޕްރައިސްތަކަށް އައިޓީ ސިސްޓަމްތައް ރައްކާތެރިކަމާއެކު ހޯސްޓް ކުރުމަށް އިތުބާރު ހުރި، އަދި ސްކޭލަބަލް އިންފްރާސްޓްރަކްޗާއެއް ފޯރުކޮށްދިނުމަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތެކެވެ.
މި ހިދުމަތުގެ ތެރެއިން، އެންޓަޕްރިސްތަކަށް އަމިއްލަ ޑޭޓާ ސެންޓަރުތައް ގާއިމް ކުރުމުގެ ބަދަލުގައި، ރާއްޖޭގައި ހުރި ހަމައެކަނި ދިރާގު ޓިއަރ 4 ސަރޓިފައިޑް ޑޭޓާ ސެންޓަރުން ހަރަދު ކުޑަ، އަދި ފެންވަރު ރަނގަޅު ހައްލެއް ލިބިގެން ދާނެއެވ. މި ހިދުމަތުގެ ސަބަބުން އެންޓަޕްރައިސްތަކުން ފިޒިކަލް އިންފްރާސްޓްރަކްޗަރަށް ކުރާ ކެޕިޓަލް އިންވެސްޓްމަންޓްތަކާއި އަދި އައިޓީ މެއިންޓެނަންސް ފަދަ އޮޕަރޭޝަނަލް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިދާނެއެވެ.
ދިރާގު ޑޭޓާ ސެންޓަރަކީ އެންޓަރޕްރައިސްތަކަށް ރައްކާތެރިކަމާއި އިތުބާރާއެކު އެ ފަރާތްތަކުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ޑޭޓާ ސެންޓަރެކެވެ. މި ގޮތުން، މި ޑޭޓާ ސެންޓަރުގައި ފުލް ރިޑަންޑަންޓް ޕަވަރ އަދި ކޫލިންގ ސިސްޓަމްތަކުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީ ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން، އެންމެ މަތީ ސަލާމަތީ މިންގަޑުތަކާއެކު މި ސެންޓަރު ދަނީ ސަރޓިފައިޑް ތަޖުރިބާކާރުންގެ ޓީމަކުން 24 ގަޑިއިރު މޮނިޓަރކުރަމުންނެވެ.
މި ހިދުމަތް ހިޔާރުކުރާ އެންޓަރޕްރައިސްތަކަށް އެންމެ އެކަށީގެންވާ ހައްލުތައް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށްފަހު ދިރާގުން އެ އެންޓަރޕްރައިސްއަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ސެޓްއަޕް އަދި މައިގްރޭޝަން ސަޕޯޓް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަކޮށް، ހިދުމަތުގެ މިންގަނޑުތައް އުފުލައި، އިތުބާރުހުރި ފެންވަރު ރަނގަޅު ހިދުމަތްތަކުގެ އެހީގައި ދިވެހި އަދި ބައިނަލްއަގުވާމީ އެންޓަރޕްރައިސްތައް ބާރުވެރިކޮށްދެމުންނެވެ.

