ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަންގެ މައްސަލައިގައި ހައްޔަރުކުރި ލައްސާންގެ މައްސަލަ ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށް ފަހު ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދާ އެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކުގެ މައްސަލަ ނިންމާލައިފިއެވެ.

މިދިޔަ ރޯދަ މަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ފުލުހުން ތުހުމަތުކުރާ މައްސަލައިގައި އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހިމެނޭހެން ފަސް މީހުން ހައްޔަރުކުރިއެވެ. އެއީ، ޝައްމާންގެ އިތުރުން ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21، ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37، ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، 47 އަދި މ. ހަޒާރީވިލާ، އަހުމަދު ލައްސާން، 40، އެވެ.

މި ހަތަރު މީހުންގެ ތެރެއިން ނިންމާލާފައިވަނީ އަހްމަދު ލައްސާންގެ މައްސަލައެވެ. ލައްސާންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއަކާއި ފޭރުމުގެ ކުށުގެ ދައުވާއެކެވެ. ލައްސާންވަނީ މި ދެ ދައުވާއަށް ވެސް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދާފައެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ ސާބިތުވެ، ލައްސާނަށް އިއްވީ، ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމަކާއެކު 14400 ރުފިޔާގެ ޖޫރިމަނާއެކެވެ. އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެއެވެ.

ފޭރުމުގެ މައްސަލައިގެ ކުށް ސާބިތުވުމުން ލައްސާންގެ މައްޗަށް އިއްވީ، ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކާ އެކު 14400 ރުފިޔާގެ ޖޫރިމަނާއެކެވެ. މައްސަލައިގެ ހުކުމްކުރުމުގެ ކުރިން ލައްސާން ބަންދުކޮށްފައިވާތީ، ޖަލު ހުކުމުން އެ ދުވަސްތައް އުނިވާނެއެވެ. މި މައްސަލައިގެ ހުކުމް، ކްރިމިނަލް ކޯޓުން ކުރީ ޖުލައި މަހުގެ ނުވަވަނަ ދުވަހެވެ. ހުކުމް ކުރީ ގާޒީ އިބްރާހީމް އިހްސާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: