ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރުމާ ގުޅޭ މައްސަލަ ކޮމިޓީއަށް!

އުއްތަމަަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްތަމަަފަނޑިޔާރު ކަމުގެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ކަމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އުއްތަމަަފަނޑިޔާރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަވާފައިވަނީ ޣަނީގެ ނަންފުޅެވެ. އެގޮތުން ރައީސްގެ ސިޓީފުޅު ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި އަމީންއާންމު ވަނީ އިއްވައިދީފައެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާ ގެ ދަށުން އުއްތަމަފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީކަމަށްވާ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނަވަނިކޮށް އޭނާ މަޤާމުން ވަކިކުރީ މިދިޔަ ސަރުކާރުގައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދާއި ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައަކާއި ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް ކޮށްފިކަމަށް ތަހުޤީގު ކޮމިޓީއަށް ސާބިތުވެފައިވާކަން ބަޔާންކޮށް އޭނާ މަޤާމުން އޭރު ވަކިކުރީ އެ ކޯޓުގެ ބައެއް ނިންމުންތައް ކަމުނުދާ ކަމަށް ބުނެއެވެ.

ޖޭއެސްސީއިން އޭރު ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ބަޔާންކޮށް އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނަވާ މައްސަލަތަކެވެ. އެ މައްސަލާގެ ތަހުގީގަށް ފަނޑިޔާރު ޣަނީ އެއްބާރުލުން ދެއްވި އެވެ.

ޣަނީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފައެވެ. އެއަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވިއެވެ. އޭގެފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: