ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު ހުށައަޅާފައި އޮތް ބިލާއިއެކު، ބިރުވެރިކަން އުފެދޭނެހެން ވެހިކަލް ދުއްވާނަމަ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅާ އަދަބު ދެވޭނެ: މީކާއީލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް އަމަލު ކުރަން ފެށުމުން، ބިރުވެރިކަން އުފެދޭނެހެން ވެހިކަލް ދުއްވާނަމަ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅާ އަދަބު ދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުންނެވެ.

އެގޮތުން މި ބިލު ހުށައެޅުމުގެ މަގްސަދަކީ ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، އެ މާއްދާގެ ށ އޮތް ގޮތުން، މީހަކު މަރުވެދާނެކަމާއިމެދު، ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ވެދާނެހެން ކުރާކަމެއްކަމަށް ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި އިންޖީނުލީ އުޅަނދު ދުއްވާ ހާލަތް ހިމަނާފައި ނުވާތީ އެ މާއްދާ އިސްލާހު ކުރުމަށް ކަމަށް މެންބަރު ފާހަގަ ކުރެއްވިއެވެ.

ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާއިމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭނެ ހަމަތަކެއް މަގުފަހިކުރުމަކީވެސް މި ބިލުގެ މަގްސަދެކެވެ. އެހެންކަމުން ބިލު ހުށައަޅާފައިވަނީ ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ވަކި ކުށަކަށް ހެދުމަށްޓަކައެވެ.

މީކާއިލް ވިދާޅުވި ގޮތުގައި މައިގަނޑު ދެކަމެއް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން:

  1. ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެކަމާއިމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް ފަރުވާލެއް ނެތި ބިރު ކުރިމަތިވެދާނެ ގޮތަށް ކުރާ އަމަލެއްކަމުގައި ބެލުން.
  2. ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ކުށެއްކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް މި ބިލުން ތައާރަފުވާނެ.

މީކާއީލް ވިދާޅުވީ މިހާރު އޮންނަ ގޮތުންނަމަ، އަނިޔާއެއް ނުލިބޭނަމަ އެމީހަކު އެކުރީ ކުށެއްކަން ވެހިކަލް ދުއްވި ފަރާތުގެ މައްޗަށް ކަނޑައެޅުމަށް އުނދަގޫކަމަށެވެ. މި އިސްލާހާއިއެކު، މީހުންގެ ފުރާނައަށް ނުރައްކާވާނެފަދަ ގޮތަކަށް އޮވަރޓޭކް ކުމާއި ސްޕީޑް ލިމިޓް ބްރޭކު ކުރުންފަދަ ކަންކަންވެސް ބަލާނީ ޖިނާއީ ކުށެއްގެ ގޮތުގައިކަން މެންބަރު ފާހަގަ ކުރެއްވިއެވެ. އަދި ވަކި އަދަބެއްވެސް މި ބިލާއިއެކު މިފަދަ ކުށްތަކަށް ކަނޑައެޅިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޓެރެފިކަށް މީހުން ހޭލުންތެރި ކުރުވަން ޖެހޭކަމަށާއި، އަދަބުދީގެން އެކަނި ނުވާނެކަމަށްވެސް ވިދާޅުވިއެވެ. މި ބިލުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި ހަރަކާތްތެރިވާނެ ފުލުހުންގެ ޒިންމާވެސް އެހާ ބޮޑުކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: