ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ވެހިކަލް ދުއްވާ މިންވަރު ދަނީ އިތުރުވަމުން، ކިހާ މިންވަރަކަށް މޮނީޓަރ ކުރެވޭތޯ ބަލަން ޖެހޭ: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން އަހުލުވެރި ކުރުވުމަށް ކުރާ މަސައްކަތްތަކާއި، ބިދޭސީން ވެހިކަލްތައް ދުއްވުން އިތުރުވާތީ އެކަން މޮނީޓަރ ކުރުމަށް އެއްވެސް މިންވަރަކަށް މަސައްކަތް ކުރެވޭތޯ ބަލަން ޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންގޮސްފައި ވަނީ މަގުމަތީގެ ގަވައިދުތަކާ ހިލާފަށް، މީހުންގެ ފުރާނައަށް ބެލުމެއް ނެތި، ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް އެމްޑީޕީ ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް ނަސީމް މި އިސްލާހު ހުށަހަޅާފައި ވަނީ މަގުމަތީގެ ގަވައިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތްގޮތަށް އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގެ ޝިކާރައަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށެވެ.

މި އިސްލާހަށް ތާއީދު ކުރައްވައި ނާޒިލް ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމާއި ބެހޭ ގާނޫނާއި ގަވައިދުގެ ތެރެއިން ދުއްވަން އޮންނަ ގަވައިދާ މިންގަނޑަށް ނުފެތޭ ގޮތަށް ވެހިކަލްތައް ދުއްވާކަމަށެވެ. އަދި ބޮޑެތި އެކްސިޑެންޓުތައް ހިނގާފައި ވަނީ އެ ގާނޫނާއި، ގަވައިދުތަކަށް ނުފެތޭ ގޮތަށް ދުއްވުމުގެ ސަބަބުންކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ބޮޑެތި އެކްސިޑެންޓުތަކުގައި އަނިޔާތައް ލިބި، ހިތާމަވެރި ހާދިސާތައް ހިނގާފައިވާއިރު މިއީ ހައްލެއް ބޭނުންވެފައިވާ މައްސަލައެއް ކަމަށެވެ. މަގުމަތީގެ އަމާންކަން ބެލެހެއްޓުމުގައި ޓްރެފިކް ފުލުހުންގެ ޒިންމާއެއް އޮތް އިރު އެ މުވައްސަސާ ހިމެނޭ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން ބާރަށް ދުއްވައިގެން އެ ކުރެވެނީ ކުށެއްކަން ބުނެދީ އަހުލުވެރި ކުރުވުމަށް ކުރާ މަސައްކަތްތައް ނާޒިލް ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭތޯ، ނާޒިލް ސުވާލު އުފެއްދެވި އެވެ.

ނާޒިލް ވިދާޅުވި ގޮތުގައި މިދިޔަ މަދު އަހަރުތަކަށް އެކަނި ބަލާލި ނަމަވެސް، އެގަމު އުޅަނދު ދުއްވުމުގައި ސަމާލުވާން ޖެހޭ ކަންކަމާއި އެކްސިޑެންޓުތަކަށް ފަހު ދެން އެ މީހުންނަށް އަންނާނެ އަދަބުތަކާއި މެދު އަހުލުވެރި ކުރުވުމަށް މާބޮޑު މަސައްކަތެއް ކުރިކަން ފެންނާން ނެތެވެ.

ނާޒިލް ވިދާޅުވި ގޮތުގައި ދުނިޔޭގެ ގައުމުތަކުގައި ހުއްޓުމެއް ނެތި މިފަދަ ޕްރޮގްރާމުތައް ކުރިޔަށް ގެންދާއިރު، ރާއްޖޭގައި ކިރިޔާވެސް އެފަދަ މަސައްކަތެއް ފެންނަނީ ބޮޑު އެކްސިޑެންޓަކާއި އެކު އެވެ. އޭގެ ފަހުން އަނެއްކާވެސް އެ މަސައްކަތް މަޑުޖެހިގެންދާކަމަށް ނާޒިލް ވިދާޅުވި އެވެ.

މިފަދަ ކަންކަމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ތަކުރާރުކޮށް، ހުއްޓުމެއް ނެތި.. ރައްޔިތުން އަހުލުވެރިކުރުވުމަށް ކުރާ މަސައްކަތް.. އެހެންވީމަ ކޮމިޓީގައި މި ދެ މުވައްސަސާއަސް ކުރެވޭނީ ކޮންކަމެއްތޯ ބަލައި މަޝްވަރާ ކުރުމަކީ މުހިންމުކަމެއް..

ނާޒިލް ވިދާޅުވި ގޮތުގައި، މާލޭގެ މަގުތަކުން ފަހަކަށް އައިސް ބިދޭސީން ވެހިކަލްތައް ދުއްވާ މަންޒަރު ފެނެނެ އެވެ. ހާއްސަކޮށް ޕިކަޕް ފަދަ ބޮޑެތި އުޅަނދުތައް، ދިވެހިންނަށް ވުރެ ގިނައިން ދުއްވާތަން ފެންނަނީ ބިދޭސީންކަމަށް ނާޒިލް ވިދާޅުވި އެވެ.

އެކަން ފާހަގަކޮށް ނާޒިލް ސުވާލު އުފެއްދީ، ބިދޭސީން އުޅަނދު ދުއްވުން ކިހާ މިންވަރަކަށް މޮނީޓަރ ކުރެވޭތޯ އެވެ. އަދި ބިދޭސީންގެ ލައިސެންސް ކާޑު ދޫކުރުމުގެ މަސައްކަތްތައް ވެސް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގެ މަތީން ކުރަން ޖެހޭކަމަށް ނާޒިލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: