ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަންފީޒު ނުކުރެވޭކަމަށްވާނަމަ ގަނޫނުތަކުގެ ބޭނުމެއް ނެތް، މިކަމަށް ހުރި ގޮންޖެހުންތައް ދެނެގަންނަން ޖެހޭ: ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަންފީޒު ނުކުރެވޭކަމަށްވާނަމަ ގަނޫނުތަކުގެ ބޭނުމެއް ނެތްކަމަށާއި، މިކަމަށް ހުރި ގޮންޖެހުންތައް ދެނެގަންނަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއެވެ.

މީކާއިލް ވިދާޅުވި ގޮތުގައި މައިގަނޑު ދެކަމެއް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން:

  1. ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެކަމާއިމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް ފަރުވާލެއް ނެތި ބިރު ކުރިމަތިވެދާނެ ގޮތަށް ކުރާ އަމަލެއްކަމުގައި ބެލުން.
  2. ނުރައްކާތެރިކޮށް ވެހިކަލް ދުއްވުން ކުށެއްކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް މި ބިލުން ތައާރަފުވާނެ.

ބިލަށް ބަހުސްކުރައްވަމުން ލަތީފް ވިދާޅުވީ މިފަދަ މައްސަލަތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހާރުވެސް ގާނޫނުގައި އޮންނަކަމަށެވެ. ޖޫރިމަނާކުރުމާއި ޓޯކުރުމާއި މިފަދަ ފިޔަވަޅުތައް ހުންނަކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އެންމެ އެކަށީގެންވާ އަދަބު ނޫންކަމަށް ލަތީފް ވިދާޅުވިއެވެ.

މި އިއްޒަތްތެރި މަޖިލީހުން ކިތައްމެ މުހިންމު، ކިތައްމެ ފުރިހަމަ ގާނޫނެއް ހެދިކަމުގައިވީ ނަމަވެސް ގިނަ އިއްޒަތްތެރި މެންބަރުން ވިދާޅުވީހެން މި ތަންފީޒު ނުކުރެވޭކަމަށްވާނަމަ މި ގާނޫނުތައް ހެދުމުގެ މާ ބޮޑު ބޭނުމެއް ނެތް.

ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މަޖިލީހުން ކިތައްމެ ފުރިހަމަ ގާނޫނުތަކެއް ހެދި ނަމަވެސް، ތަންފީޒު ނުކުރެވޭކަމަށްވާނަމަ ގާނޫނުތަކުގެ މާ ބޮޑު ބޭނުމެއް ނެތްކަމަށެވެ. އަތޮޅުތެރޭގައިވެސް މި މައްސަލަަތައް ހުންނަންކަމަށާއި، ހަމައެކަނި އޮންނަނީ ސައިކަލު ދުއްވާ މައްސަލަތައް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ރަށެއްގައިކަމަށްވާނަމަ ތިބެނީ 4 ވަރަކަށް ފުލުހުންކަމަށާއި، ފުލުހުންނަށް މުޅި ރަށް ބެލެހެއްޓުމުގައި ދަތިތަކެއް އެބަހުރިކަމަށް ލަތީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމުގެ ބާރު ކައުންސިލަށްވެސް ނޯންނަކަމަށެވެ.

ލަތީފް ވިދާޅުވީ ގާނޫނުތައް ތަންފީޒުކުރެވެން އޮންނަނީ ހަރަދު ބޮޑު ނިޒާމެއްގެ ތެރެއިންކަމަށެވެ.

މީގެ އިތުރުން ލަތީފް ވިދާޅުވީ ސުކޫލު ދަރިވަރުންނާއި، 16، 17 އަހަރަށްދާ ޒުވާނުންނަށް ދަތުރު ފަތުރު ކުރެވޭނެ ފަސޭހަ ނިޒާމެއް މުހިންމުކަމަށެވެ. އެއީ 18 އަހަރު ނުފުރޭތީ ގާނޫނުގެ ތެރެއިން އެ ފުރުސަތު ނެތް ނަމަވެސް، ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ދަތުރުފަތުރު ކުރަން އުޅަނދެއް ބޭނުންވާކަމަށް ލަތީފް ވިދާޅުވިއެވެ.

ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ލަތީފް ވިދާޅުވީ ކޮމިޓީ މަރުހަލާގައި ބިލަށް ރަނގަޅު އިސްލާހުތަކެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: