ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި އެކްސިޑެންޓުތަކުގައި ލިބޭ ބަދަލު އެކަށީގެންވާ ގޮތެއްގައި ލިބިދެވޭނެ ނިޒާމެއް އޮންނަންޖެހޭ: ޑރ ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި އެކްސިޑެންޓުތަކުގައި ލިބޭ ބަދަލު އެކަށީގެންވާ ގޮތެއްގައި ލިބިދެވޭނެ ނިޒާމެއް އޮންނަންޖެހޭކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު ވިދާޅުވީ، ނުރައްކާތެރި އެކްސިޑެންޓުތައް ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި، ޓްރެފިކް އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދުތައްވެސް އިތުރުވަމުންދާކަމަށެވެ.

ޝަމްހީދު ވިދާޅުވީ، ނުރައްކާތެރިކޮށް ދުއްވާ މީހުން ކުށްވެރިވާގޮތަށް ބިލުގައި ހިމެނިފައިވުން ރަނގަޅު ކަމަށާއި، އެއާއެކު އެކްސިޑެންޓަށްފަހު ހިނގާ ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލަން ޖެހޭ ކަމަށެވެ. އެގޮތުން އިންޝުއަރެންސަށް ބަލާއިރު، އެއްލައްކަ ރުފިޔާއާ ހަމައަށް ބަދަލު ލިބިދޭގޮތަށް އޮތްނަމަވެސް، މަރު އަދި ބޮޑެތި އެކްސިޑެންޓުތަކުގައި ލިބޭ ބަދަލު އެކަށީގެންވާ ގޮތެއްގައި ލިބިދެވޭނެ ނިޒާމެއް އޮންނަންޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.

މިއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މިކަން ކޮށްއުޅޭ ގޮތް

ޝަމްހީދު ވިދާޅުވީ، މިކަމަށް ޖުމުލަ ހައްލެއް ގެނައުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށް އަމަލު ކުރަން ފެށުމުން، ބިރުވެރިކަން އުފެދޭނެހެން ވެހިކަލް ދުއްވާނަމަ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅާ އަދަބު ދެވޭނެކަމަށް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މި ބިލު ހުށައެޅުމުގެ މަގްސަދަކީ ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، އެ މާއްދާގެ ށ އޮތް ގޮތުން، މީހަކު މަރުވެދާނެކަމާއިމެދު، ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ވެދާނެހެން ކުރާކަމެއްކަމަށް ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި އިންޖީނުލީ އުޅަނދު ދުއްވާ ހާލަތް ހިމަނާފައި ނުވާތީ އެ މާއްދާ އިސްލާހު ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: