ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހުރި ދޮރުތައް ބަންދުވާނެ: އައިފާން

ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގެ ސަބަބުން ރައްޔިތުންގެ މުދާ ނުވަތަ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ހުރި ދޮރުތައް ބަންދުވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާއި ގުޅޭގޮތުން އައިފާން ވިދާޅުވީ ރައްޔިތުންގެ ފައިސާ ނުވަތަ ރައްޔިތުންގެ މުދާ ނަހަމަ ގޮތުގައި އެކި އެކި ފަރާތްތަކުން ބޭނުންކުރާ ވާހަކަ އަބަދުވެސް ދައްކާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި މަސައްކަތްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.

ހުށައަޅާފައިވާ ބިލުގައި އޮތީ ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވާން ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތަކުގެ ވާޙަކަ ކަމަށް މެމްބަރު އައިފާން ވިދާޅުވިއެވެ. އައިފާން ވިދާޅުވީ ފަހަރެއްގައި ވައްކަން ކުރުމުގެ ނިޔަތް އޮތް ބަޔަކަށް ހުށައަޅާފައިވާ ބިލު ކަމުނުގޮސްދާނެ ކަމަށެވެ. ނުވަތަ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަންބޭނުންވެފައިވާ ބަޔަކަށް އެ ބިލު ކަމުނުގޮސްދާނެ ކަމަށް މެމްބަރު ވިދާޅުވއެވެ.

”ކޮންމެ ފަހަރަކުވެސް އިންތިހާބާއި ބޯމަތިވާހިސާބުން ނޫނީ އިންތިހާބަކަށް ކައިރިވާ ހިސާބުން ރައްޔިތުންގެ ފައިސާ ނޫނީ ދައުލަތުގެ މުދާ ނޫނީ ރައްޔިތުންގެ މުދާ ނަހަމަ ގޮތުގައި އެކިއެކި ފަރާތްތަކުން ބޭނުންކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. ކައުންސިލްތަކުގައި ތިބޭ ފަރާތްތައްވެސް ހަމަ އެކަނއެކަން ކުރަމުންދާ ފަރާތްތައް، އެއްބައި ފަރާތްތައް އެކަންކަން ކުރަމުންދާކަމީ އައުކަމެއް ނޫން. އެހެންވީމާ މި ދޮރު ހަގީގަތުގައި ބަންދުކުރަންވެގެން މިއުޅެނީ“

މެމްބަރު ވިދާޅުވީ އިންތިހާބަކަށް އަހަރު ދުވަހަށް ވާއިރަށް، ދެވަނަ ދައުރެއް ކަށަވަރު ކުރުމަށްޓަކައި އެ ފައިސާ ހިތުހުރި ގޮތަކަށް ބަހާލާ މަންޒަރު ނުވަތަ ވަޒީފާދޭ މަންޒަރާއި އަދި ބިންތައް އަމިއްލަ ފަރާތްތަކަށް ދޭ މަންޒަރު ފެންނަ ކަމަށެވެ. މެމްބަރު ވިދާޅުވީ ބައެއް ބޭފުޅުންނަށް އެފަރާތްތައް ނުހޮވޭނެ ކަން އިނގޭކަމަށާއި، އެހެންކަމުން އެ މަގާމެއްގެ ބޭނުމުޔގައި ރައްޔިތުންގެ ފައިސާ ބެހުމާއި އެކަންކަން ކުރާ ކަމަށެވެ.

މެމްބަރު ވިދާޅުވީ އެގޮތަށް ހުޅުވިފައިވާ ދޮރުތައް ހުށައަޅާފައިވާ ބިލާއިއެކު ބަންދު ވާނެ ކަމަށެވެ. މިކަމާއިމެދު ހިންހަމަ ނުޖެހިގެން ވާހަކަދައްކާ ފަރާތްތަކުގެ ނިޔަތާއި މެދު ހަގީގަތުގައި މިއަދު ސުވާލު އުފައްދަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: