ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކަށީގެންވާ ގޮތެއްގައި ޕޭމަންޓު ނިޒާމު ތަރައްގީކުރުމުން އިދާރީ ހަރަދުތަކެއް ސަލާމަތްކުރެވިގެންދާނެ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑައިރެކްޓު ޑެބިޓު އުސޫލުން ބިލުތައް ދެއްކޭނެ އިންތިޒާމު ޕޭމަންޓު ނިޒާމެއްގެ ތެރެއިން ހަމަޖެހުމުން އިދާރީ މަސައްކަތްތަކުން ބޮޑު ހަރަދެއް ސަލާމަތްކުރެވިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ގައުމީ ޕޭމަންޓު ސިސްޓަމުގެ ގާނޫނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ނާޒިމް ވިދާޅުވީ، މިކަމާއި ގުޅޭގޮތުން މާލިއްޔާތު ކޮމިޓީގައި އެމްއެމްއޭގެ ގަވަނަރު އަހުމަދު މުނައްވަރު އާއި ސުވާލުކުރެވުނުކަމަށާއި ސަބަބަކީ މަޖިލީހަށް ބިލު ހުށައެޅިފައި އޮތުންކަމަށެވެ. މި ގާނޫނުގެ ބޭނުމަކީ ފަވަރަ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމާއި ކޯޕަރަޓައިޒްކޮށްގެން އެހެން ބޭންކުތަކަށް ބައިވެރިވުމުގެ ދައުވަތު ދިނުމުގެ އިތުރުން ތަރައްގީތައް ގެނައުންކަމަށެވެ.

ނާޒިމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި އެހެނިހެން ގައުމުތަކުގައިވެސް މި މަސައްކަތްތައް ކުރަމުންދަނީ  އެއްފަދަ އުސޫލަކުންކަމަށާއި މިހާރު ރާއްޖެއަށް ތައާރަފްކޮށްފައިވާ އިންޑިއާގެ ޔޫޕީއައި ޕޭމަންޓު ނިޒާމަކީވެސް އެ ގައުމުގެ ރިޒާވް ބެންކް އޮފް އިންޑިއާއިން ތަރައްގީކުރުމަށްފަހު ހިއްސާދާރުންނާއި ހަވާލުކުރި ނިޒާމެއްކަމަށެވެ.

ރާއްޖޭގައި ޕޭމަންޓުތައް ދެއްކުމުގެ މަސައްކަތްތަކަކީ ކުރިއަރައިގެން ދާންޖެހިފައިވާ ކަމެއް ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އަދި ކުރިއަރާފައިވާ ގައުމުތަކުގައި ޔޫޓިލިޓީ ބިލުތަކަށްވެސް ފައިސާ ދައްކަމުންދަނީ ޑައިރެކްޓު ޑެބިޓު އުސޫލުންކަމަށާއި ފެނާއި ކަރަންޓު ބިލުތައް ވަކި ތާރީހެއްގައި ކެނޑޭގޮތަށް ހެދިފައިވާއިރު އެކަމަށްޓަކައި މީހަކު ވަކި ތަނަކަށް ދާން ނުޖެހޭނެކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް އެކަން އެގޮތަށް ވާންވެއްޖެކަަމަށާއި އެޗްޑީސީގައި ދިމާވެފައިވާ މާލީ މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮތީ ކުލި ނުދެއްކުމުގެ މައްސަލަ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ޕޭމަންޓު ނިޒާމެއްގެ ތެރެއިން މިކަންކަން ހަމަޖެއްސުމުން ބޭންކު އެކައުންޓުން އެޕާޓުމެންޓު ކުލިވެސް ކެނޑޭ ގޮތަށް އިންތިޒާމު ކުރެވި އެތައް ބައިވަރު އިދާރީ ހަރަދުތަކެއް ސަލާމަތްކުރެވިގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމްއެމްއޭއަށް ވިޔަފާރިތަކުގެ ތެރެއަށް ވަދެގެންދިއުމަށް ހުއްދައެއް ލިބިގެން ނުދާކަމަށާއި ހުއްދަ ދެވިފައިވަނީ ހަމައެކަނި ޕޭމަންޓު ނިޒާމެއް ތަރައްގީކޮށް ކުރިއެރުވުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: