ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެންކަށް ފައިސާ ޖަމާކުރީމަ މާދަމާ އެ ފައިސާ ހުންނާނެކަމަށް ރައްޔިތުން އިތުބާރު ނުކުރޭ: އަމީން

ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދައިރާގެ މެމްބަރު އަމީން ފައިސަލް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބެންކަށް ފައިސާ ޖަމާކުރުމުން މާދަމާ އެ ފައިސާ ހުންނާނެކަމަށް އެއްވެސް ރައްޔިތަކު އިތުބާރު ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްދައްކަވަމުން މެމްބަރު އަމީން ވިދާޅުވީ، މިހާރު އޮތް ސެންޓްރަލް ބެންކަށް އިތުބާރު ނުކުރާ ސަބަބަކީ ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރު ކޮންމެ ދުވަހަކުވެސް ކޮންމެވެސް ޓީވީ ޗެނަލެއް މެދުވެރިކޮށް ގެނެސްދޭންޖެހޭ ހިސާބަށް ގޮސްފައިވާއިރު އެކަން ކުރަމުން ނުދާތީކަމަށެވެ. އަދި ދިވެހިންގެ ބޭންކުގެ ނަމުގައި ދިވެހިންނަށް މާލީ ދަތިތައް ކުރިމަތިކުރުވާ ބެންކެއް އޮތްއިރު އެއްވެސް ފިޔަވަޅެއް ނޭޅޭތީކަމަށާއި އެހެންކަމުން ރައްޔިތުން ބިކަވަމުންދާއިރު އެމްއެމްއޭގެ ގާނޫނީ ޒިންމާތައް އަދާނުކުރެވޭއިރު ވިޔަފާރިކުރަން އުޅުމަކީ މިވަގުތު ގައުމަށް މުހިންމު ކަމެއް ނޫންކަމަށް ފާހަަގަކުރެއްވިއެވެ.

އަމީން ވިދާޅުވީ، ގަވަނަރު މުނައްވަރު ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ވަޑައިގަތުމުން ބޭރު ފައިސާގެ އިސްލާހުތަކުން ލިބިގެންދާނެ މާލީ ކުރިއެރުންތަކުގެ އަންދާޒާއާއި ގުޅޭގޮތުން ސުވާލު ކުރެއްވިކަމަށެވެ. ނަމަވެސް ޖަވާބެއް ލިބިފައިނުވާކަމަށާއި މަޖިލީހުގެ ރެކޯޑުތަކުން އެކަން ފެންނަން އޮތްކަމަށެވެ.

މެމްބަރު ވިދާޅުވީ، ކަންބޮޑުވުންތައް ހިއްސާކުރުމަށާއި ގައުމުގެ އިގްތިސާދު އަދި މާލީ ކަންކަމާއި ގުޅޭގޮތުން ގަވަނަރު ދެކިވަޑައިގަންނަވާ ގޮތް ހޯދުމަށްޓަކައި އެމްޑީޕީގެ މެމްބަރުން އެމްއެމްއޭއަށް ޒިޔާރަތްކޮށްފައިވާނެކަމަށެވެ. އަދި ގަވަނަރު މުނައްވަރުވަނި އެތަނަށް ގިނަ އަދަދެއްގެ މީހުން އެގޮތަށް އަންނަކަމަށްވުމުން އަންނަ ކޮންމެ މީހަކާއި ބައްދަލުކުރައްވަން ނުޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައިކަމަށާް މައުލޫމާތު ދެއްވިއެވެ.

އަމީން ވިދާޅުވީ، ޒިންމާދާރުވާންޖެހިފައިވާކަމަށާއި މިވަގުތު އޮތް ހާލަތުގައި ކޮންމެ ދުވަހަކުވެސް މައުލޫމާތުތައް ހިއްސާކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. މެމްބަރު ވިދާޅުވީ، ސްކޭމްތަކުގެ މައްސަލައަށް ބަލާއިރު އެފަދަ ހާދިސާތައް އެންމެ ގިނައިން ދިމާވަނީ ބީއެމްއެލްގެ އެކައުންޓުތަކަށްކަން ފެނިގެންދާކަމަށެވެ. އަދި ބެންކަށް ފައިސާ ޖަމާކުރުމުން މާދަމާ އެ ފައިސާ ހުންނާނެކަމާއިމެދު އެއްވެސް ދިވެހި ރައްޔިތަކަށް އިތުބާރު ނުކުރެވޭކަމަށް ފާހަގަކުރެއްވިއެވެ.

ސަބަބަކީ ސްކޭމްތައް ފަދަ ހާދިސާތައް ހިނގަމުންދިއުންކަމަށާއި މައްސަލަތަކަށް ހައްލުތަކެއް ނުގެނެވޭއިރު ބިލިއަނުން ފައިދާވާއިރު އެސްއެމްއީތަކަށް މާލީ އެހީތެރިކަން ނުދެވުންކަމަށެވެ. ނަމަވެސް އެމްއެމްއޭއަށްވެސް ފިޔަވަޅެއް ނޭޅޭކަމަށާއި އެހެންކަމުން މިކަންކަމާއިމެދު ވިސްނަންޖެހިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: