ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް“ އެއް ތައާރަފްކޮށް، ކާބޯތަކެތީގެ އަގުތައް ދެނެގަންނަނީ

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

”އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް“ އެއް ތައާރަފްކޮށް، އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ދަނީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ. އަދި އާންމުންނަށް ފަސޭހައިން ތަކެތި ލިބޭނެ ގޮތްތައް ފަހި ކުރުމަށް މިދިޔަ ދެ އަހަރެއްްހާ ދުވަހު މުހިއްމު ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ރަނގަޅު އަސަރުތަކެއް ކޮށްފައިވާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިދިޔަ ދެ ރޯދަ މަހު މިކަން ފެނިގެންދާނެކަމަށާއި، ތަކެތީގެ އަގު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން ގޮސްފަިއވާކަމާށެވެ. އެހެންކަމުން އެކަށީގެންވާ އަގުތަކެއްގައި ކާބޯތަކެތި ލިބުނުކަމަށް ވިދާޅުވިއެވެ.

”އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް“ ތައާރަފުކުރަނީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިންނެވެ. މިއާއިއެކު އެންމެ މުހިއްމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަނެވޭނެކަމަށް ސައީދު ވިދާޅުވިއެވެ. މި މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިމެނޭކަމަށްވެސް ވިދާޅުވިއެވެ. މި އިންޑެކްސް ތައްޔާރުކުރަނީ ބޭސްލައިންގައި ހިމެނޭ 162 އައިޓަމް ހިމަނައިގެންނެވެ.

މީގެ ކުރިން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އިންފްލޭޝަން ދެނެގަންނަނީ ކޮންސިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ބޭނުން ކޮށްގެންނެވެ. އެއީ ހުރިހާ ބާވަތްތަކެއް އަގުތައް ހިމަނައިގެން ހަދާ ހިސާބެކެވެ.

ސައީދު ވިދާޅުވީ، އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސްގެ ތެރެއިން އާންމުކޮށް ގޭބީސީތަކުން ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅޭނެކަމަށެވެ. އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން ކާބޯތަކެތީގެ އިންފްލޭޝަން ހުރީ ފަސް ޕަސެންޓުގައެވެ. އަދި މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ހުރީ 3.8 ޕަސެންޓުގައެވެ.

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކުން ވިއްކާ ތަކެތީގެ އަގުތައް އަބަދުވެސް ދެނެގަންނަމުން އަންކަމަށެވެ. ވިޔަފާރިތަކަށް ބޭންކުން ޑޮލަރު ދޭ މިންވަރު އިތުރު ކުރުމާއި ބީއެމްއެލްގައި ރުޕީ އެކައުންޓްތައް ހުޅުވި، ދިވެހި ރުފިޔާ ސެންޓުލްމެންޓް ހެދެން ފެށުމުން، ވެސް ތަކެތީގެ އަގުތަކަށް ލުއިތަކެއް އަންނާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އަގުތައް ކޮންޓްރޯލްކުރުމުގައި ކުރަމުން އަންނަނީ ވަށާ ޖެހޭ މަސައްކަތްތަކެއްކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ، މި މަސައްކަތް އިތުރަށް ފުޅާވެ ހަރުދަނާވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: