ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އާދޭހަކަށްވީ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުވުން، އެމްޑީޕީ އެކަން ނުކުރި: ހުސްނީ

ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ މަސަައްކަތް ކުރިޔަށް ގެންދަން ޖެހިފައިވަނިކޮށް އެ މައްސަލަ ހައްލުނުކޮށް، އެމްޑީޕީގެ ވެރިކަމުގައި ބައެއް ރަށްރަށުގައި މަގު ހެދުމުގެ މަސައްކަތް ވެސް ވޯޓުގެ ބޭނުމުގައި އިއުލާނު ކުރިކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުސްނީ ވިދާޅުވީ އަހަރުތަކެއް ވަންދެން ރާއްޖޭގެ ރަށްތަކުގައި އޮތީ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމު ނުކުރެވި ކަމަށެވެ. އެ މައްސަލަތައް ހައްލުކޮށްދޭން ރައްޔިތުން ސަރުކާރުތަކުގައި އާދޭސް ކުރަމުން ދިޔައިރު ވެސް، ގެނެވުނު އެއްވެސް ބަދަލެއް ނެތްކަމަށް ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ އެ އަޑު އެހީ މި ސަރުކާރުންކަމަށާއި، އޭނާގެ ދާއިރާ ހިމެނޭ ގޮތަށް ރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ދާއިމީ ހައްލެއް ގެންނަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

މި ސަރުކާރުން ވަނީ އެކަމަށް އިޖާބަ ދެއްވާފައި.. ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ އާ ނަރުދަމާގެ ނިޒާމަށް ހައްލު ގެންނަވާފައި..

ހުސްނީ ވިދާޅުވި ގޮތުގައި މީގެއިން ވެސް އެނގިގެން ދަނީ ރައީސް މުއިއްޒު ކުޑަ އާބާދީއެއް އޮތް ރަށެއް ނުވަތަ ބޮޑު އާބާދީތަކާއި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާކަމެވެ. އެގޮތުން މަނަދޫގައި ވެސް ނަރުދަމާގެ ނިޒާމެއް ގާއިމުނުކޮށް 2023 ގެ ރިޔާސީ އިންތިހާބާއި ގާތްވުމުން ވޯޓު ހޯދުމުގެ ބޭނުމުގައި މަގު ހެދުން އިއުލާނުކޮށް އާރުޑީސީ ސައިޓެއް ގާއިމުކުރިކަމަށް ހުސްނީ ވިދާޅުވި އެވެ.

ހުސްނީ ވިދާޅުވީ ނަރުދަމާއަށް ހައްލު ނުގެނެސް، މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްގެން ނުވާނެކަން އެމްޑީޕިއަށް ރޭކާނުލިކަމަށެވެ.

ހުސްނީ ވިދާޅުވީ މި ސަރުކާރުން އަސާސީ ހިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ގާއިމުކޮށްދޭނެކަމަށެވެ. އަދި ރައްޔިތުންގެ އެ އުންމީދާއި ޔަގީންކަން ސަރުކާރާއި މެދު އޮންނާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: