ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި މުހައްމަދު ޝަހީދު އޭނާގެ ނަން އަނބުރާ ނެންގެވުމާ ގުޅިގެންނެވެ. އެހެންކަމުން ޖޭއެސްސީން ވަނީ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލައިފައެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ 12 އޮގަސްޓް 2025 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • އުމުރުން 25 އަހަރު ފުރިފައިވުން
  • އިސްލާމީ ޝަރީއާ، ނުވަތަ ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
  • ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މި މަޤާމުގެ އަސާސީ މުސާރައަކީ 45,700 ރުފިޔާއެވެ. ލިވިންގ އެލަވަންސް ގެ ގޮތުގައި މަހަކު 18،000 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: