މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ފުލުހުން ހިއްސާ ވަރަށް ބޮޑެވެ. އެ މުއައްސަސާގެ ކޮނޑުގައި އެޅިފައިވާ ޒިންމާއަކީ، މުޅި މުޖުތަމައުގެ އަފުރާދުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާއެވެ. އެއީ، ރައްޔިތުންގެ ފުރާނަ، މުދާ އަދި އަބުރުކަމުގައިވިޔަސް، ގާނޫނުގައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ރައްކާތެރިކޮށްދޭ، ހުރިހާ ހައްގުތަކަށް، ދިވެހި ފުލުހުންގެ ހިދުމަތުން، އެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި މަސައްކަތްކުރަންޖެހެއެވެ. އެގޮތުން، މާލެ މަގުތަކަކީ، އަމާން، ރައްކާތެރި މަގުތަަކަކަށް ހެދުމަށާއި، ރައްޔިތުނަންގެ ސަލާމަތާއި ރައްކާތެރިކަމަށް މާލެ ޕޮލިސް ކޮމާންޑުގެ ޑީޕާޓްމެންޓުތަކުން މަގުމަތީގައި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން ތަފާތު އެކި ގޮތްގޮތުން، ހަރަކާތްތެރިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ފުލުހުން ކުރާ މަސައްކަތްތައް
މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މާލެ ޕޮލިސް ކޮމާންޑުގެ ޑިޕާރޓްމަންޓުތަކުން ތަފާތު އެކި ކަންކަން ކުރެއެވެ. އޭގެ ތެރޭގައި،
- ފުޓް ޕެޓްރޯލް
- ލޮކޭޝަން ޗެކް
- ވިސިބިލިޓީ އެންޑު ޓްރެފިކް މެނޭޖްމަންޓް ޕޮއިންޓު
- ހުއްޓުވާ ސުވާލުކުރުން ހިމެނެއެވެ.
- މުދާ ރިކަވަރ ކުރުން
ފުލުހުން ކުރާ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް
ފުލުހުންގެ މާލެ ކޮމާންޑުގެ ޑިޕާޓްމެންޓުތަކުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 2025 ޖުލައި 1 ވަނަ ދުވަހުން، 31 ވަނަ ދުވަހުގެ ނިޔަލަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފުޓް ޕެޓްރޯލު ކުރެވުނު އަދަދަކީ، 3121 އެވެ. އެގޮތުން، ފުޓް ޕެޓްރޯލުގައި، މި މުއްދަތުގެ ތެރޭގައި، ޖުމްލަ 1196 ގަޑިއިރާއި، 6 މިނިޓް ވަނީ ހޭދަކުރެވިފައެވެ.
މީގެއިތުރުން، ފުލުހުން ވަނީ، މި މުއްދަތުގެ ތެރޭގައި، 41574 ލޮކޭޝަން ޗެކް ކުރިއަށް ގެންގޮސްފައެވެ. އަދި 11 ވިސިބިލިޓީ އެންޑު ޓްރެފިކް މެނޭޖްމަންޓު ޕޮއިންޓުއެވެ.
ހަމައެއާއިއެކު، ފުލުހުން މަގުމަތިން މީހުން ހުއްޓުވައި ސުވާލުކުރި މީހުންގެ އަދަދަށް ބަލާއިރު، ޖުމްލަ 6389 މީހުންނަށް ވަނީ ހުއްޓުވައި، ސުވާލުކުރެވިފައެވެ. މި އަދަދުގެ ތެރެއިން، 6145 މީހުންނަކީ ކުށުގެ ރިކޯޑު އޮތް މީހުންނެވެ. އަދި 244 މީހުންނަކީ ކުށުގެ ރެކޯޑެއް ނެތް މީހުންނެވެ.
ފުލުހުން ކުރި އިތުރު މަސައްކަތްތަކުގެ ތަފާސް ހިސާބު
ފުލުހުންގެ މާލެ ޕޮލިސްކޮމާންޑުގެ ޑިޕާޓްމެންޓުތަކުން ކުރަމުންދާ އިތުރު މަސައްކަތްތަކަށް ބަލާއިރު، ތަފާތު އެކި މައްސަލަތަކުގައި، ރިކަވަރ ކުރަންޖެހޭ މުދާ ހިމެނެއެވެ. އެގޮތުން، 2025 ޖުލައި 1 އިން 30 ޖޫންގެ ނިޔަލަށް ފުލުހުންނަށް ރިކަވަރ ކުރެވުނު މުދަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު،
- 69 ސައިކަލު (އަގު: 3،412،530)
- 22 މޯބައިލް ފޯނު (އަގު: 213،932.80)
- 12 އިލެކްޓްރޯނިކްސް (އަގު: 168،850)
- 43 މައްސަލަތަކާއި ގުޅުންހުރި ފައިސާ (އަދަދު: 935،972)
- 56 އެހެނިހެން ތަކެތި (އަގު: 179،225.80)
މީގެއިތުރުން، ބިދޭސީންނާއި ގުޅުހުން ހުރި މަސައްކަތްތަކުގައި، އިމިގްރޭޝަނަށް ހަވާލުކުރެވުނު މުދަލުގެ އަދަދަކީ، ހަތެކެވެ.
ފުލުހުން ކުރާ މަސައްކަތުގެ މުހިއްމުކަން
ފުލުހުން ކުރާ މަސައްކަތްތަކަކީ ވަރަށް ފުޅާ ދާއިރާއެއްގެ މަސައްކަތްތަކެވެ. އެގޮތުން، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމާއި، ގާނޫނު ތަންފީޒުކުރުމާއި، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުުން، ޖިނާއީ ކުށްތައް ތަހުގީގުކުރުން، ޓްރެފިކް ބެލެހެއްޓުމަކީ، ފުލުހުން ކުރާ މަސައްކަތްތަކުގެ ކުޑަ މިނެކެވެ. މި މަސައްކަތްތަކުގެ ތެރޭގައި، ޓްރެފިކް ކޮންޓްރޯލްކުރުމަކީ، އެކްސިޑެންޓުގެ މައްސަލަތައް ގިނަ ތަންވަޅެއްގައި ވަރަށް މުހިއްމުކަމެކެވެ. މަގުމަތީގައި ފުލުހުން ހަރަކާތްތެރިވުން އިތުރުކުރުމަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިއްމުކަމެކެވެ. ޖުމްލަކޮށް، ފުލުހުން ކުރާ ހުރިހާ މަސައްކަތަކީ، ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާކަމަށްވުމާއިއެކު، ފުލުހުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، މަގުމަތީގައި ހަރަކާތްތެރިވުން އިތުރު ކުރުމަކީ މުހިއްމުކަމެކެވެ.

